ކ. މާލެ
|
2 އޯގަސްޓް 2017 | ބުދަ 10:53
ޖުލައި 31 ވަނަ ދުވަހު ބޭއްވި މަޖިލީސް ޖަލްސާ
ޖުލައި 31 ވަނަ ދުވަހު ބޭއްވި މަޖިލީސް ޖަލްސާ
ރާއްޖެ އެމްވީ
މަޖިލިސް މެންބަރުންގެ މައްސަލަ
މަޖިލީހުގެ މެންބަރުންނާ ދެކޮޅަށް ބަޔާންދޭން އަންގާފައިވާ އެމްއެންޑީއެފްގެ އޮފިސަރުންގެ ލިސްޓެއް އާންމުވެއްޖެ!
21 މީހެއްގެ ނަން ވަނީ އާންމުވެފައި
އެ ލިސްޓުގައި އެމީހުންގެ ނަމާ އެކު ސަރވިސް ނަންބަރު ވަނީ ޖަހާފަ

ޖެނެރަލް ޝިޔާމްގެ އޯޑަރަށް މަޖިލީސް މެންބަރުންނާ ދެކޮޅަށް ބަޔާން ދޭން އަންގާފައިވާ ކަމަށް ބުނެ އެމްއެންޑީއެފްގެ އޮފިސަރުންގެ ލިސްޓެއް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފު އާންމުކުރައްވައިފި އެވެ

މެންބަރު މަހްލޫފު ކުރެއްވި ޓްވީޓްގައި ވަނީ 21 މީހެއްގެ ނަން ހާމަކޮށްފަ އެވެ. މިގޮތަށް ނަންތައް އާންމުކޮށްފައި ވަނީ އެފަރާތްތަކުގެ ސަރވިސް ނަންބަރާ އެކު އެވެ.

މަޖިލީސް މެންބަރުންނާ ދެކޮޅަށް އިއުތިރާފު ނުވުމަށް މަހްލޫފު ވަނީ ގޮވާލައްވާފަ އެވެ. މަހްލޫފުގެ ޓްވީޓްގައި މިހެން ލިޔެ ވަނީ އެމްއެންޑީއެފްގެ އޮފިޝަލް އެކައުންޓް ޓެގް ކޮށްފަ އެވެ.

މަހުލޫފު މިފަދަ ޓްވީޓެއް ކުރައްވާފައިވާ އިރު، ވައިބަރގައި ދައުރުވާ އޯޑިޔޯގައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު ކަމަށް ބެލެވޭ ފަރާތަކުން ވަނީ، މަޖިލީސްގެ މެންބަރުންގެ މައްސަލަ ކޮޅެއްގައި ޖައްސާނެ ކަމަށާއި މެންބަރުންނާއި ދެކޮޅަށް ހެކި ބަސް ދިނުމަށް ސިފައިންގެ ތެެރެއިން ބައެއް ފަރާތްތަކުން ގެންދާނެ ކަމަށް ބެލެވޭ ކަމަށް ސިފައިންނާ ވާހަކަދައްކަަވާފަ އެވެ. އެމްއެންޑީއެފްގެ ލީޑަރޝިޕުން ނިންމާފައިވާ ގޮތުގައި ހެކީގޮތުގައި މައުލޫމާތު ދިނުމަށްދާ ސިފައިންނާއި އެކު ލޯޔަރުންގެ ގޮތުގައި މިލިޓަރީ ފޮލިސް ހާޒިރުވާނެ ކަމަށް ވެސް މި އޯޑިޔޯގައި ޑިފެންސް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.

ޖުލައި 24 ވަނަ ދުވަހު މަޖިލީސް އިދާރާގައި ތަޅުއެޅުވުމާއި އެކު މަޖިލީސް މެންބަރުންތަކެއް ވަނީ މަޖިލީހުގެ އިދާރާއަށް ވަދެފަ އެވެ. މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ، ފުލުުހުންގެ ސަފުތައް ފަޅާލާއި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި މަޖިލީސް މެންބަރުންގެ މައްސަލަ ބަލާނެ ކަމަށް ބުނެފަ އެވެ.

މިކަމާ ގުޅިގެން މަޖިލީހުގެ ބައެއް މެންބަރުންގެ މައްސަލަތައް ފުލުހުން އަންނަނީ ބަދަލުމުންނެވެ. އެގޮތުން މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދާއި އެމްޑީޕީގެ ޕާލިމެންްޓްރީ ގްރޫޕު ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު ( އިބޫ) އާއި މާފަންނު ހުޅަނގު ދާިއރާގެ މެންބަރު މުހައްމަދު ފަލާހު ގެ މައްސަލައެއް ވެސް ފުލުހުން ވަނީ ބަލަން ފަށާފަ އެވެ. އަދި އެމީހުން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ދަނީ ސުވާލުކުރަމުންނެވެ. މީގެ އިތުރުން ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވެސް ވަނީ ފުލުހަށް ހާޒިރުކޮށް މި މައްސަލައިގައި ބަޔާން ނަގާފަ އެވެ.

- ކޮމެންޓް