ކ. މާލެ
|
15 ފެބްރުއަރީ 2024 | ބުރާސްފަތި 22:53
އިމާދުއްދީން ސްކޫލުގެ ދަރިވަރުންތަކެއް
އިމާދުއްދީން ސްކޫލުގެ ދަރިވަރުންތަކެއް
ޕޮލިސް
ކޭމްޕް ފުރާވަރު
"ކޭމްޕް ފުރާވަރު"، 108 ދަރިވަރުންނާއެކު އިމާދުއްދީން ސްކޫލުގައި ފަށައިފި
 
ސްކޫލާއި މުޖުތަމައުގައި އުޅޭއިރު ދަރިވަރުންނަށް ކޮންމެހެން އެނގެންޖެހޭ ކަންކަން ދަސްކޮށްދޭނެ
 
އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފަށް ކުރެވޭ ކަންކަމުން ދުރުހެލިކުރުވާނެ

ސްކޫލް ދަރިވަރުންގެ އަޚުލާގާއި ސުލޫކު ހެޔޮގޮތުގައި ބައްޓަން ކުރުމަށް ބާރުއެޅުމާއެކު، ކުށް މަދު މުޖުތަމައެއް ބިނާކުރުމަށް ސާނަވީ ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނަށް ކުރިއަށް ގެންދާ ''ކޭމްޕް ފުރާވަރު'' އިމާދުއްދިން ސްކޫލުގައި ފަށައިފިއެވެ.  

ފުލުހުން ބުނީ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ ކޭމްޕުގައި، ދިރިއުޅުމުގެ ރިވެތި އަދަބުތައް ދަރިވަރުންނަށް ދަސްކޮށްދިނުމާއި، ރަނގަޅު ތަރުބިއްޔަތަށް މަގުދައްކައިދީ ހަރުދަނާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރުއަޅައިދޭ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދާނެ ކަމަށެވެ.

ފުލުހުން ބުނީ ދަރިވަރުންނާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކުގެ މައުލޫމާތު ހިއްސާކޮށް، އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފަށް ކުރެވޭ ކަންކަމުން ދުރުހެލިކުރުވައި، އަދި ސްކޫލާއި މުޖުތަމައުގައި އުޅޭއިރު ދަރިވަރުންނަށް ކޮންމެހެން އެނގެންޖެހޭ ކަންކަން ދަސްކޮށްދިނުމަށް މައުލޫމާތު ދިނުމުގެ ސެޝަންތަކާއި އެހެނިހެން ހަރަކާތްތައް ކުރިއަށްގެންދާނެ ކަމަށެވެ.

ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއަރޒާއި އިމާދުއްދީން ސްކޫލް ގުޅިގެން ކުރިއަށްގެންދާ ކޭމްޕް ފުރާވަރުގައި 50 އަންހެން ދަރިވަރުންނާއި 58 ފިރިހެން ދަރިވަރުން ހިމެނޭހެން 108 ދަރިވަރުން ބައިވެރިވެފައިވެއެވެ.

މިއީ ފުލުހުން ސިލްސިލާ ގޮތެއްގައި ސްކޫލްތަކުގައި ކުރިއަށްގެންދާ ކާމިޔާބު އެއް ޕްރޮގްރާމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން