Advertisement
ކ. މާލެ
|
1 އޯގަސްޓް 2017 | އަންގާރަ 20:58
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު
އަޒުމޫން އަހުމަދު
އުއްތަމަ ފަނޑިޔާރު
އުއްތަމަ ފަނޑިޔާރު މާލެވަޑައިގަތުން އެންމެ ފަހު ވަގުތު ފަސްކުރައްވައިފި
މެމްބަރުންގެ ގޮނޑި ގެއްލުވާލި މައްސަލަ ލަސްވާތީ ކަންބޮޑުވުން ފާޅުކުރޭ

އިންޑިއާގެ ބެންގަލޫރުގައި ހުންނެވުމަށް ފަހު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ރާއްޖެ ވަޑައިގަތުން އެންމެ ފަހު ވަގުތު ފަސްކުރައްވައިފި އެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި އުއްތަމަ ފަނޑިޔާރު ރާއްޖެ ވަޑައިގަތުމަށް ހަމަޖައްސާފައި އޮތީ ހޯމަ ދުވަހުގެ ރޭ 9:15 ހާއިރު އެވެ. އެ މަނިކުފާނު ވަޑައިނުގަންނަވާކަން އެނގުނީ ފްލައިޓް ޖެއްސި ފަހުން ކަމަށް ރާއްޖެ އެމްވީއާ ވާހަކަ ދެއްކި މީހާ ބުންޏެވެ.

"އޭރު އެއާޕޯޓްގެ ވީއައިޕީ ވެސް، އަދި ސެކިއުރިޓީ ވެސް އޮތީ ރެޑީކޮށް. ދަތުރުފުޅު ފަސްކުރެއްވީ ކީއްވެކަމެއް ނޭނގޭ،" އޭނާ ބުންޏެވެ.  

މިކަމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ބަހެއް ހާމައެއް ނުކުރެ އެވެ. 

އުއްތަމަ ފަނޑީޔާރު އަބްދުﷲ ސައީދު މިދިޔަ ހަފުތާގައި ރާއްޖޭން ބޭރަށް ވަޑައިގަތީ، ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލުވާލި މައްސަލަ އެ ކޯޓަށް ހުށަހަޅާފައި ވަނިކޮށެވެ. ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި، މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އަހްމަދު އަދި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ ގޮނޑި ގެއްލުވާލީ، މި މަހުގެ 13 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުންނެވެ. މި މައްސަލަ ދިގުލައިގެން ދާތީވެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ގާނޫނު އަސާސީގެ 74 ވަނަ މާއްދާގައި މަޖިލީހުގެ ގޮނޑިއެއް ގެއްލިޖެ ކަމާމެދު ހިލާފު އުފެދިއްޖެ ނަމަ، އެކަމެއް ކަނޑައަޅަން ޖެހެނީ ސުޕްރީމް ކޯޓުން ކަމަށް ބުނެފައިވާއިރު، ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅިޔަސް ގެއްލިގެން ނުދާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުން ވިދާޅުވެ އެވެ.

ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ހަތަރު މެމްބަރުންގެ އިތުރުން، މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެމްބަރު އަހްމަދު އިލްހާމްގެ ގޮނޑިވެސް ގެއްލިފައިވާ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
2 އޯގަސްޓް 2017 | ބުދަ 07:22
ހުސްނީ
!އަޖާއިބު އަންތަރީސް ވެއްޖެ