ކ. މާލެ
|
14 ފެބްރުއަރީ 2024 | ބުދަ 09:46
ސިޓީން ކުޅުނު މެޗުގައި ޑި ބްރޭނާ ލަނޑު ޖަހަނީ
ސިޓީން ކުޅުނު މެޗުގައި ޑި ބްރޭނާ ލަނޑު ޖަހަނީ
ރޮއިޓާސް
ޔުއެފާ ޗެމްޕިއަންސް ލީގު
ޑި ބްރޭނާގެ މޮޅު ކުޅުމާއެކު ސިޓީ އަށް ފަސޭހަ މޮޅެއް
 
މެޗުގައި ސިޓީ އަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ކެވިން ޑި ބްރޭނާ ވަނީ މޮޅު ކުޅުމެއް ދައްްކައިފައި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ފުރަތަމަ ލެގުގައި، އެފްސީ ކޯޕަންހޭގާ ދެކޮޅަށް ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީން ފަސޭހަ މޮޅެއް ހޯދައިފި އެވެ.

ކޯޕަންހޭގަންގެ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު ސިޓީން ކާމިޔާބު ކުރީ 3-1 އިންނެވެ. އެ މެޗުގައި ސިޓީ އަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ކެވިން ޑި ބްރޭނާ ވަނީ މޮޅު ކުޅުމެއް ދައްްކައިފަ އެވެ. އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރުމަށްފަހު އެނބުރި އައިސް، ޑި ބްރޭނާ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

މެޗު ފަށައިގެން 10 ވަނަ މިނެޓުގައި ޑި ބްރޭނާ ވަނީ ލަނޑު ޖަހައި، ސިޓީ އަށް ލީޑު ނަގައިދީފަ އެވެ. އޭނާ އެ ލަނޑު ޖެހީ، ފިލް ފޮޑެން ތަނަވަސްކޮށްްދިން ފުރުސަތެއްގަ އެވެ. އޭގެ ފަހުން މެޗުގެ 34 ވަނަ މިނެޓުގައި ކޯޕަންހޭގަނުން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މެގްނަސް މެޓްސަން އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސިޓީ އަށް ދެ ވަނަ ފަހަރަށް ލީޑު ނަގައިދިނީ ބެނާޑޯ ސިލްވާ އެވެ. ސިޓީގެ ތިން ވަނަ ލަނޑު ފޮޑެން ޖެހީ މެޗުގެ އިތުރު ވަގުތުގަ އެވެ. އެއީ ޑި ބްރޭނާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

ފުރަތަމަ ލެގުން ކުރި ހޯދައި، ކުއާޓާ ފައިނަލްގެ އުންމީދު ސިޓީން ބޮޑު ކުރިއިރު، ސިޓީގެ ދަނޑުގައި މި ދެ ޓީމު ކުޅޭ ދެ ވަނަ ލެގު އޮންނާނީ މާޗު މަހުގެ ހަތް ވަނަ ދުވަހު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް