ކ. މާލެ
|
13 ފެބްރުއަރީ 2024 | އަންގާރަ 14:32
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް
ރައްޔިތުންގެ މަޖިލިސް
ވަޒީރުންނަށް ރުހުން ދިނުން
ދެވަނަ ފަހަރަށް އައްޔަނުކުރި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާކުރުން ފަސްކޮށްފި
 
އެ ގަރާރުގައި ގާނޫނުއަސާސީއާ އެއްގޮތަށް އަމަލު ކުރުމަށް ގޮވާލާފައިވޭ
 
މިއީ ޑިމޮކްރެޓިކް ހަމަތަކާއި ބައިނަލްއަގުވާމީ އުސޫލުތަކާ ޚިލާފު ނިންމުމެއް ކަމަށް އީވާ ވިދާޅުވި

މަޖިލީހުން ރުހުން ނުދިނުމުން ދެވަނަ ފަހަރަށް މަޤާމަށް އައްޔަނުކުރި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާކުރުން، ގަރާރެއްގެ މަސައްކަތް ނިމެންދެން ފަސްކޮށްފިއެވެ.

އެކަން ހާމަކުރައްވާ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އަންގާރަ ދުވަހު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަނުކުރެއްވި އެ މައްސަލަ އެޖެންޑާ ނުކޮށް ފަސްކުރީ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން 3 ވަޒީރުން ދެވަނަ ފަހަރަށް މަގާމުތަކަށް އައްޔަނުކުރައްވައި ހުވައި ކުރައްވާފައިވާތީ, މިއީ ދައުލަތަށާއި ސަރުކާރަށް ކުރާ އިތުބާރު ނެތިގެންދާނެކަމެއް ކަަމަށް ފާހަގަކޮށް ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް ނިމެންދެން ކަމަށެވެ. އެ މައްސަލަ ނިމޭ އިރު މަޖިލީހަށް ވަޒީރުންނަށް ރުހުން ދިނުމާއި މެދު ފެންނަ ގޮތެއް އެނގިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އެ މައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲއެވެ. 

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ 22 ވަނަ މާއްދާގައި، ސަރުކާރާއި ދައުލަތުގެ މަގާމުތަކަށް އައްޔަންކުރުމުގެ ކުރިން ނުވަތަ އައްޔަންކުރުމަށްފަހު މަޖިލީހުގެ ރުހުން ހޯދަންޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ނުވަތަ ގާނޫނެއްގައި ބުނެފައިވާ މަގާމުތަކަށް އައްޔަންކުރާ މީހުން އައްޔަންކުރުމުގެ ކުރިން ނުވަތަ އައްޔަންކުރުމުގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންޖެހޭނެކަމަށާއި، ރައްޔިތުންގެ މަޖިލީހުން ރުހުން ނުދީފިނަމަ، އެފަރާތެއް އެ މަގާމަށް އައްޔަން ނުކުރެވޭނެ ކަމަށާއި، އަދި އައްޔަންކޮށްފައިވާނަމަ ރުހުން ނުދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއެކު އެފަރާތެއް މަގާމުން ވަކިވީކަމަށް ބަޔާންކޮށްފައި ވާކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބޭ 3 ފަރާތެއް ވަޒީރުންގެ މަޖިލީހަށް އަލުން އައްޔަންކޮށް މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ފަށާފައިވާއިރު، އެ ނިންމެވުމަކީ ރައްޔިތުންގެ މަޖިލީހުގެ ގާނޫނީ ބާރުވެރިކަމަށް ކަނޑައެޅިގެން ގޮންޖައްސަވައި ގާނޫނުއަސާސީއާއި ގާނޫނާ ޚިލާފު ނިންމުމެއް ކަމަށެވެ. އަދި ރައްޔިތުން މަޖިލީހުގެ ރުހުން ލިބިފައިނުވާ 3 މެންބަރުންގެ ތެރޭގައި އެޓަރނީ ޖެނެރަލްގެ މަގާމަށް އައްޔަންކުރައްވާފައިވާ އުޝާމް ހިމެނޭކަމާއި ގާނޫނުއަސާސީގެ 133 ވަނަ މާއްދާގައި އެޓަރނީ ޖެނެރަލްގެ މަސްއޫލިއްޔަތު ބަޔާންކޮށްފައިވާއިރު، ދައުލަތާ ގުޅުންހުރި ގާނޫނީ އެންމެހައި ކަންކަމުގައި ސަރުކާރަށް ލަފާދިނުމާއި، ގާނޫނުގެ ވެރިކަން ނަގަހައްޓައި ހިމާޔަތްކޮށް ކުރިއެރުވުމާއި، ރައްޔިތުންގެ ސަލާމަތާއި ރައްޔިތުންގެ މަންފާއާއި އާންމު މިނިވަންކަން ދިފާއުކުރުމަށް މަސައްކަތްކުރުން ހިމެނޭ ކަމަށެވެ. އަދި މަޖިލީހުގެ ރުހުން ނުލިބުނު ނަމަވެސް 29 ޖަނަވަރީ 2024ގައި އެޓަރނީ ޖެނެރަލްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އަލުން އެފަރާތް އައްޔަންކުރައްވާފައިވާ ކަމަށެވެ. އެ ފަރާތުން މަގާމުގެ ހުވާކުރައްވާފައިވާކަން ޚާއްސަގޮތެއްގައި ފާހަގަކުރެވޭ ކަމަށް ގަރާރުގައި ބުނެފައިވެއެވެ.

ގަރާރުގައި ބުނެފައިވަނީ ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވި 3 މެންބަރުންނަށް ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ)ގައި ވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބުނު ނަމަވެސް ރުހުން ނުލިބޭ 3 މެންބަރުން އަލުން އެ މަގާމުތަކަށް އައްޔަންކުރައްވައި މަގާމުގެ ހުވާކުރެއްވުމަކީ ދިވެހިރައްޔިތުން ދިވެހި ދައުލަތަށާއި ދިވެހި ސަރުކާރަށް ކުރާ އިތުބާރު ނެތިގެންދާނެ ފަދަ އުނދަގޫ ހާލަތަކަށް ހިނގައިދާނެ ފަދަކަމެއް ކަމަށެވެ.

އެހެންކަމުން ދިވެހި ގައުމުގެ މަސްލަހަތު އިސްކޮށްދެއްވައި، މިކަމާމެދު އަލުން ވިސްނާވަޑައިގެން، ގާނޫނު އަސާސީއަށް އިހުތިރާމްކުރައްވައި، ގާނޫނުއަސާސީއާ އެއްގޮތަށް އަމަލުކުރެއްވުމަށް މި ގަރާރުގައި ވަނީ ގޮވާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އުފެއްދުންތެރި މަޖިލީހެއްގެ ގޮތުގައި މަސައްކަތްކުރާނެ މަޖިލީހަކަށް 20 ވަނަ މަޖިލިސް ވެގެން ނުދާނެ - އަބްދުﷲ ވަހީދު
މަޖިލިސް އިންތިޚާބުން އެނގުނީ ސަރުކާރު ޖަވާބުދާރީކުރުވާނީ ސީދާ ރައްޔިތުންގެ ވޯޓުންކަމަށް ރައްޔިތުން ޤަބޫލުކުރާކަން - ނިޔާޒް
އެމްޑީޕީއަށް ނިސްބަތްވާ ރިޔާސަތުން މަޖިލީހުގެ މައިނޯރިޓީއަށް އިހްތިރާމްކުރެއްވުމުގައި ދެއްކެވީ ނަމޫނާއެއް - ޝާހިދު
ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމްކުރަން ހުށަހެޅުން - ޖިންސީ ގޯނާގެ މައްސަލަތައް ހައްލުކުރަން އެޅޭ މުހިންމު ފިޔަވަޅެއް
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޒަރީރު އައްޔަންކުރަން ރުހުންދީފި
ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ މުހިންމު ކަންތައްތަކެއް ހިމެނޭ ކާބޯތަކެއްޗާ ބެހޭ ބިލު ފާސްކޮށްފި
20 ވަނަ މަޖިލީހަށް އިންތިހާބުވި އެމްޑީޕީގެ މެންބަރުންނާ ރައީސް ޞާލިހު ބައްދަލުކުރައްވައިފި
ފަތުރުވެރިންނަށް ޕްރީ އެޕްރޫވަލް ވިސާ ދޭން ހުށަހެޅި ގަރާރު މަޖިލީހުން ބަލައިގެންފި