ކ. މާލެ
|
13 ފެބްރުއަރީ 2024 | އަންގާރަ 05:52
ރައީސް ޑރ. މުޙައްމަދު މުއިއްޒު އަދި އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖީވާ ބައްދަލުކުރެއްވުން
ރައީސް ޑރ. މުޙައްމަދު މުއިއްޒު އަދި އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖީވާ ބައްދަލުކުރެއްވުން
ރައީސް އޮފީސް
އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ
މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ވިލުންވެރިކަން އިތުރުކުރުމަށް ރައީސް އަދި އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު މަޝްވަރާކުރައްވައިފި
ރާއްޖެއިން އައިއެމްއެފް އަށް ހުށަހަޅާ ކަންކަން ބަލައިގަންނަކަމުގައި ވެސް ކްރިސްޓީނާ ވިދާޅުވި

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އެކަންކަމަށް ހޭނުމަށާއި ވިލުންތެރިކަން އިތުރުކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އަދި އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖީވާ މަޝްވަރާކުރައްވައިފިއެވެ.

ދުބާއީގައި ކުރިއަށްދާ ވަރލްޑް ގަވަރމަންޓްސް ސަމިޓް 2024 ގެ ހަވާސާގައި ރައީސް މުއިއްޒުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި ކްރިސްޓީނާ ވަނީ ރާއްޖެއަކީ ޤުދުރަތީ ރީތިކަން ލިބިފައިވާ ޤައުމެއް ކަމަށާއި، އެހެންނަމަވެސް ތިމާވެށީގެ ނާޒުކުކަން އޮތް ޤައުމެއްގެ ގޮތުގައި ފާހަގަކުރައްވައި، މިކަންކަމަށް ވިސްނަވައިގެން، މި ކަންކަމުން އަރައިގަތުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި އާ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަ ދައްކަވާފައެވެ.

އެގޮތުން ކްރިސްޓީނާ ވިދާޅުވީ ރާއްޖޭގައި ހުރި އެތެރޭގެ ގޮންޖެހުންތަކާއި، ބޭރު ދުނިޔޭގައި ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، މާލީ ނިޒާމު އިސްލާހުކޮށް އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތައް ރާވައި އެކަންކަން ތަންފީޒުކުރުމަކީ މުހިންމުކަމެއް ކަމަށެވެ.

އެގޮތުން މާލީ އުނދަގޫ ޙާލަތުން އަރައިގަތުމަށް އަޅަންޖެހިފައިވާ މުހިންމު، އަވަސް ފިޔަވަޅުތައް ފާހަގަ ކުރައްވަމުން އެކަމާ ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި އިޤްތިޞާދީ ކުރިއެރުމާއި ހަމަޖެހުމަށް މަގު ފަހިކޮށްދެއްވުމަށްޓަކައި، ހިކުމަތްތެރިކަމާއި ދުރު ވިސްނުންފުޅާއެކު، ސަރުކާރުގެ ހިންގުމަށް އިސްލާޙުތައް ގެނައުމަށް ރައީސް މަސައްކަތްތަކެއް ކުރައްވާ ކަމަށެވެ.

އަދި ރާއްޖެއިން އައިއެމްއެފް އަށް ހުށަހަޅާ ކަންކަން ބަލައިގަންނަކަމުގައި ވިދާޅުވެ އެކަންކަމުން ދެމެހެއްޓެނިވި ގޮތެއްގައި އިޤްތިޞާދީ ކުރިއެރުމާއި ހަމަޖެހުމަށް މަގު ފަހިކޮށްދިނުމުގެ ޤާބިލުކަން ހުރިކަމުގައި ވެސް ކްރިސްޓިނާ ވިދާޅުވިއެވެ.

- ކޮމެންޓް