ކ. މާލެ
|
1 އޯގަސްޓް 2017 | އަންގާރަ 17:27
މަޖިލީހުގެ ފާހާނާގައި އަލިފާން ރޯވެފައި
މަޖިލީހުގެ ފާހާނާގައި އަލިފާން ރޯވެފައި
ރާއްޖެ އެމްވީ
އަލިފާން ރޯވުން
މަޖިލީހުގެ ފާހާނައެއްގައި އަލިފާނުގެ ހާދިސާ ހިނގިއިރު ސީސީޓީވީ ކެމެރާތައް ހުރީ ނިއްވާލާފައި!
ފުލުހުން އަދި ބަހެއް ނުބުނޭ
އަލިފާން ރޯވެފައިވަނީ ފާހާނާގައި ހުރި ޓިސޫތަކެއްގައި

ރައްޔިތުންގެ މަޖިލީހުގެ ފާހާނާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގިއިރު، ސީސީޓީވީ ކެމެރާތައް ހުރީ ނިއްވާލާފައި ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު ވިދާޅުވެއްޖެ އެވެ.

 

މިހެން ވިދާޅުވެފައިވަނީ މަހްލޫފް  ކުރެއްވި ޓްވީޓެއްގަ އެވެ.

 

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ފާޚާނާއެއްގެ ތެރޭގައި ހޯމަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއަކީއަންގާރަ ދުވަހު ބާއްވަން ތާވަލްކުރި މަޖިލީހުގެ ޖަލްސާ ކެންސަލް ކުރުމަށްޓަކައި ބަޔަކު ގަސްތުގައި ކުރި ކަމެއް ކަމަށް ބެލެވޭ ކަމަށް މަޖިލީހުގެބައެއް މެންބަރުން ވަނީ ވިދާޅުވެފަ އެވެ.

މަޖިލިސް ފާޚާނާއިގައި ބަޔަކު ގަސްތުގައި ރޯކޮށްލާފައިވާ  ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަޚްލޫފު ކުރެއްވި  ޓްވީޓެއްގައި މިއީ މަޖިލީހުގެޖަލްސާތައް ނުބޭއްވުމަށް ޖެއްސެވި މަޅިއެއްތޯ  ވަނީ ސުވާލު އުފައްދަވާފައެވެ.

 

ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު މުބީން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ މަޖިލީހުގެފާޚާނައިގައި ގަސްތުގައި ބަޔަކު ރޯކޮށްލި ކަމަށް ބެލެވޭ ކަމަށާއި ދިވެހި ފުލުހުން އަވަހަށް މިކަން ބައްލަވަން ޖެހޭނެ ކަމަށެވެ.

 

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކުވިދާޅުވީ،އަލިފާން ރޯވި ފާހާނާއަކީ މަޖިލީހުގެ ފިރިހެން މެމްބަރުން ބޭނުން ކުރައްވަމުން ގެންދަވާ ތަނެއް ކަމަށާއި ރޯވެފައިވަނީ ފާރުގައި ހަރުކޮށްފައި ހުރި ޓިޝޫ ކަރުދާސް އަޅާ އެއްޗެއްގައި ކަމަށެވެ. މިއީ ބަޔަކު ގަސްދުގައި ކުރި ކަމެއްތޯ ސުވާލުކުރުމުން މޫސަ ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް ވިދާޅުވާން ބޭނުންފުޅުނުވާ ކަމަށާއި ފުލުހުން މި ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މި މައްސަލައާ ގުޅޭ ގޮތުން ފުލުހުން މިހާތަނަށް ބަހެއް ހާމަކޮށްފައި ނުވެ އެވެ.

މިދިޔަ އަހަރުގެ ރިޔާސީ ބަޔާން ހުށަހަޅަން ކައިރިވެފައި ވަނިކޮށް، ރައްޔިތުންގެ މަޖިލިހުގައި ދުން އެރުމުގެ ހާދިސާއެއް ހިނގި އެވެ. އެ ފަހަރުގެ ދުން އެރުމާ ގުޅިގެން ރިޔާސީ ބަޔާން އިއްވުން ދަރުބާރުގެއަށް ބަދަލުކުރި އެވެ.

- ކޮމެންޓް