Advertisement
ކ. މާލެ
|
1 އޯގަސްޓް 2017 | އަންގާރަ 17:05
ރައީސް މައުމޫން އަބްދުލްގައްޔޫމް
ރައީސް މައުމޫން އަބްދުލްގައްޔޫމް
މުހައްމަދު ޝަރުހާން
ރައީސް މައުމޫން
ތީމުގޭ އޮޑިޓް ރިޕޯޓުގެ މައްސަލައިގައި އޭސީސީން ރައީސް މައުމޫނުގެ ބަޔާން ނަގަައިފި
ރައީސް މައުމޫންގެ ބަޔާން ނެގީ އަންގާރަ ދުވަހު
ރައީސް މައުމޫންގެ އޮފީހަށް އޭސީސީގެ ޓީމެއް
ތީމުގެ އޮޑިޓް ރިޕޯޓްގެ ކަންތައްތަކަށް 10 އަހަރު

ތީމުގޭ އޮޑިޓް ރިޕޯޓުގެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ބަޔާން ނަގައިފި އެވެ.

ރައީސް މައުމޫންގެ އަރިސް ބޭފުޅަކު ރާއްޖެއެމްވީއަށް ވިދާޅުވީ އޭސީސީގެ ތަހުގީގު ޓީމެއް އަންގާރަ ދުވަހު ރައީސް މައުމޫންގެ އޮފީހަށް ގޮސް، އެ ކޮމިޝަނުން ބަލަމުންދާ މައްސަލައާ ގުޅޭ ގޮތުން ބަޔާނެއް ނަގާފައިވާ ކަމަށެވެ.

ތީމުގޭގެ 2007 އަދި 2008 ވަނަ އަހަރު އޮޑިޓް ރިޕޯޓާއި ގުޅިގެން ރައީސް މައުމޫންގެ ބަޔާނެއް ނެގުމަށް އޭސީސީން އެމަނިކުފާނަށް ސިޓީއެއް ފޮނުއްވީ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ. އެ ސިޓީގައި ބުނެފައިވަނީ އެމަނިކުފާނަށް ފަސޭހަފުޅު ވަގުތެއް އަންގަވާލަ ދެއްވުމުން ކޮމިޝަނުގެ ޓީމެއް އެމަނިކުފާނު ހުންނަވާ ތަނަކަށް ދާނެ ކަމަށެވެ.

ނަމަވެސް، ރައީސް މައުމޫން ވިދާޅުވީ ބަޔާން ދެއްވާނީ އޭސީސީއަށް ވަޑައިގެން ކަަމަށާއި، އެތަނުގައި މީޑިއާ ވެސް ހާޒިރުވެތިބެން ވާނެ ކަމަށެވެ. އޭސީސީއަށް ވަޑައިގެންނެވޭނެ ފަސޭހަފުޅު ވަގުތަކާއި ތާރީޚަކާއެކު ޖުލައި 2 ވަނަ ދުވަހު ރައީސް މައުމޫން އޭސީސީއަށް ސިޓިއެއް ފޮނުއްވި އެވެ.

ނަމަވެސް، އޭސީސީން ބުނެފައިވަނީ ރައީސް މައުމޫނު އޭސީސީއަށް ވަޑައިގެންނެވުމަކީ އެ ކޮމިޝަންގެ އުސޫލާ ހިލާފު ކަމަކަށް ވާތީ، ރައީސް މައުމޫނުގެ ބަޔާން ނަގާނެ ގޮތެއް ކޮމިޝަންގައި މަޝްވަރާކުރުމަށް ފަހުގައި ނިންމާނެ ކަމަށެވެ. 

އެ ސިޓީ ފޮނުއްވި ފަހުން ޖުލައި 8 ވަނަ ދުވަހު ރައީސް މައުމޫން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގެ ކުރިން އޭސީސީއަށް ސިޓީއެއް ފޮނުއްވައި، ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން ބަޔާން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ތީމުގޭ އޮޑިޓް ރިޕޯޓްގެ މައްސަލައިގައި 10 އަހަރު ފަހުން ރައީސް މައުމޫނާ ސުވާލުރައްވާއިރު، މި މައްސަލައިގައި ރައީސް މައުމޫންގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް އޭސީސީ އަށާއި ޕޮލިހަށް ހާޒިރުކޮށް ބަޔާން ނަގާފައިވެ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް