ކ. މާލެ
|
11 ފެބްރުއަރީ 2024 | އާދީއްތަ 06:55
ގަތަރުގެ ކުޅުންތެރިން އޭޝިއަން ކަޕް 2024ގެ ތަށި އުފުލާލަނީ
ގަތަރުގެ ކުޅުންތެރިން އޭޝިއަން ކަޕް 2024ގެ ތަށި އުފުލާލަނީ
އޭއެފްސީ
އޭޝިއަން ކަޕް
އަކްރަމްގެ ހެޓްރިކުން، އޭޝިޔާގެ ތަށި ގަތަރު ދިފާއުކޮށްފި
2019 ވަނަ އަހަރު މި ތަށި ގަތަރު ހޯދީ އަލަށް

ފޯވަޑް އަކްރަމް އަފީފް ހެދި ހެޓްރިކާއެކު ޖޯޑަން 3-1އިން ބަލިކޮށް، ގަތަރު އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި ދިފާއުކޮށްފި އެވެ.

2019 ވަނަ އަހަރު ގަތަރު މުޅިން އަލަށް ހޯދި ތަށި، އަލުން އެ ގައުމުން ކާމިޔާބުކުރީ ލުސައިލް ސްޓޭޑިއަމުގައ ކުޅުނު ފައިނަލް މެޗުގައި ލިބުނު ދެ ޕެނަލްޓީއާވެސް އެކު އެވެ.

މެޗުގެ 22 ވަނަ މިނިޓްގައި އަކްރަމް ކާމިޔާބު ކުރި ޕެނަލްޓީ އަށް ފަހު ޖޯޑަން ނަތީޖާ ހަމަހަމަކުރީ 67 ވަނަ މިނިޓްގައި އަލް ނައީމަތު ޖެހި ގޯލުންނެވެ، އެކަމަކު މި ގޯލު ޖެހިތާ ހަ މިނިޓް ފަހުން އަނެއްކާ ވެސް ލިބުނު ޕެނަލްޓީއަކުން އަކްރަމް ގަތަރަށް ލީޑު ހޯދައިދިނެވެ. އޭނާ ފަހު ގޯލު ޖެހީ އިތުރު ވަގުތުގަ އެވެ.

ގަތަރުގެ ކުޅުންތެރިން އަކްރަމް އަފީފް އުފުލައިގެން އުފުލާލަނީ - އޭއެފްސީ

ސަރަހައްދީ މުބާރާތުގެ ފައިނަލުގައި މުޅިން އަލަށް ކުޅުނު ޖޯޑަންގެ ކޯޗު މެޗަށް ފަހު ބުނީ އޭނާގެ ކުޅުންތެރިން އިސްޖަހަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި މުބާރާތް ވަރަށް ކާމިޔާބު ކަމަށެވެ.

"އެންމެ ފުރިހަމަވާނީ ތަށީ ލިބުނުނަމަ. އެކަމަކު އަހަރުމެން މިވަނީ ވަރަށް ގަދަ ޓީމުތައް ބަލިކޮށްފައ. ފައިނަލްގައި ކުޅެފައި. މިއީ ކާމިޔާބު ހޯދަން ލިބުނު ހިތްވަރެއް. އަހަރުމެން ގައުމަށްދާނީ އިސް އުފުލައިގެން،"
ކޯޗު ބުންޏެވެ.

މިމުބާރާތް ޖެހިޖެހިގެން މީގެ ކުރިން ކާމިޔާބުކޮށްފައިވަނީ ހަތަރު ގައުމަކުންނެވެ މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހީ އަށް ގޯލު ޖެހި ގަތަރުގެ ފޯވަޑް އަކްރަމް އަފީފެވެ. އޭނާ އަކީ މުބާރާތުގެ މޮޅު ކުޅުންތެރިޔާ ވެސްމެ އެވެ. އެންމެ މޮޅު ގޯލް ކީޕަރަކީ ގަތަރުގެ މިޝޭލް ބަރްޝާމެވެ. މި ދެ ކުޅުންތެރިން ވެސް ކުޅެނީ ގަތަރުގެ އަލް ސާދަށެވެ.

- ކޮމެންޓް