ކ. މާލެ
|
10 ފެބްރުއަރީ 2024 | ހޮނިހިރު 13:28
ޖޯޑަން ކުޅުންތެރިން ކޮރެޔާ ބަލިކޮށްފައި އުފާފާޅު ކުރަނީ
ޖޯޑަން ކުޅުންތެރިން ކޮރެޔާ ބަލިކޮށްފައި އުފާފާޅު ކުރަނީ
ގޫގުލް
އޭޝިއަން ކަޕް ފައިނަލް
އޭޝިއަން ކަޕް ފައިނަލް: ޖޯޑަންގެ ވިސްނުމަކީ އިދިކޮޅު ޓީމަށް މާބޮޑަށް އިހްތިރާމް ނުކުރުން
 
ކޯޗުގެ ޓެކްޓިކަލް ޑިސިޕްލިން އަކީ އަހަރުމެންގެ ކާމިޔާބީގެ އެންމެ މުހިންމު އަސާސް: ކުޅުންތެރިން

އޭޝިއަން ކަޕުގެ ފައިނަލުގައި މިރޭ ފުރަތަމަ ފަހަރަށް ޖޯޑަން ކުޅޭނެ އެވެ. ބައްދަލުކުރާނީ މުބާރާތް ބާއްވާ ގައުމު ޤަތަރާ އެވެ. އެއީ އެންމެ ފަހުގެ ޗެމްޕިއަނެވެ. މި މެޗަށް ނުކުންނައިރު އަރަބިންނާއި ދުނިޔާގެ އެކި ކަންކޮޅުތަކުގައި ތިބި މުބާރާތުގެ ގިނަ ސަޕޯޓަރުންގެ ފެވަރިޓުންނަކީ ޖޯޑަންއެވެ. ކީއްވެ ހެއްޔެވެ؟

ޖޯޑަންގެ ވަނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެމީހުން ފައިނަލަށް އައީ ވަރުގަދަ އިރާނާއި ސައުތު ކޮރެޔާ ވެސް ބަލިކޮށްފަ އެވެ. އަދި މުބާރާތުގައި ހައިރާންކުރުވަނިވި ނަތީޖާތަކެއް ނެރެމުން އައި ތަޖިކިސްތާނުގެ ވެސް އަތްދަށުކޮށްފަ އެވެ.

ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ މޫސާ އަލް ތަމާރީ ކޮރެޔާ މެޗަށް ފަހު ބުނީ ޝުކުރު ހައްގުވަނީ ކޯޗު ހުސައިން އަމައުތާ އަށް ކަމަށެވެ.

"އޭނާ އަކީ އަހަރުމެންނަށް މޮޅުވުމުގެ ރޫހު ގެނެސްދިން މީހަކީ. އޭނާ އަހަރުމެންނަށް ވިސްނައިދިނީ ކޮންމެ މޮޅަކަށް ފަހު އަހަރުމެން އެކަމާ އުފާފާޅުކޮށް އުޅެންޖެހޭކަން. ކޯޗުގެ ޓެކްޓިކަލް ޑިސިޕްލިން އަކީ އަހަރުމެންގެ ކާމިޔާބީގެ އެންމެ މުހިންމު ކަންތައް. އޭނާ އަހަރުމެނަށް އިތުބާރު ހޯދައިދިން. އިދިކޮޅު ޓީމަށް މާބޮޑަށް އިހްތިރާމް ނުކުރަން ދަސްކޮށްދިން. އެމީހުންނަށް އެޓޭކް ކުރަން މާގިނަ ޖާގަ ނުދޭން ދަސްކޮށްދިން،"
ތަމާރީ ބުންޏެވެ.

ކޯޗަށް ތައުރީފް ކުރަމުން ޖޯޑަން މިރޭގެ ފައިނަލަށް ނުކުންނައިރު ކޯޗު އަމައުތާ ބުނީ މިއީ ސަރައްދީ ފެންވަރުގައި ޖޯޑަންގެ ފުރަތަމަ ފައިނަލް ނަމަވެސް އޭނާގެ ޓީމަށް ފައިނަލެއްގެ މުހިންމުކަން ކިޔައިދޭން ނުޖެހޭނެ ކަމަށެވެ. އަދި މުބާރާތުގެ ކުރިން ކުޅުނު އެކުވެރިކަމުގެ މެޗުގައި ޤަތަރު ބަލިކުރެވުނަސް އެއީ ބަލިކުރަން އުނދަގޫ މޮޅު ޓީމެއް ކަމަށެވެ.

"ކޮރެޔާ މެޗުގައި ވެސް އަހަރުމެން އެއްބަސްވީ ވަރުގަދަ އަށް ފަށަން ސަބަބަކީ ފަސް މެޗުން އަށް ގޯލު ކޮރެޔާ ކޮޅަށް ވަނުން. އަހަރުމެންނަށް އެނގޭ އެގޮތަށް ފެށީމަ އިދިކޮޅު ޓީމު ފަހަތަށް ފައިބާނެކަން. އެގްރެސިވްކޮށް ޑިފެންސިވް ސްޓައިލަކަށް އަހަރުމެން ފެށީ އެހެންވެ،"
ކޯޗު ބުންޏެވެ.

މޮރޮކޯ އަށް ނިސްބަތްވާ އަމައުތާ ބުނީ ޤަތަރަކީ މޮޅު ޓީމެއް ކަމަށާއި އޭޝިޔާގެ ތަށި ހޯދާފައި ތިބި ބަޔަކާ ދެކޮޅަށް އޭނާގެ ޓީމު އަލަށް ފައިނަލަކަށް ނުކުންނައިރު ދިފާއީ ޗެމްޕިއަނުން ހުރިހާ ގޮތަކުން ވެސް މޮޅަށް ކުޅޭނެކަން ޔަގީންކުރަންވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް