ކ. މާލެ
|
9 ފެބްރުއަރީ 2024 | ހުކުރު 08:52
އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް ހަބީބު
އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް ހަބީބު
ރާއްޖެއެމްވީ
ރައްޔިތުން މަޖިލީހުގެ އިންތިޚާބު
އިންތިޚާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ފަސޭހައިން އެކައުންޓު ހުޅުވޭގޮތް ހަދަންޖެހޭ: ހަބީބު
 
މަޖިލިސް އިންތިޚާބު ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން ބޭއްވުމަށް ކޮމެޓީން ވަނީ ފާސްކޮށްފައި
 
ބޭންކްތަކުގެ ކަންބޮޑުވުން ތަކަށް ހައްލެެއް ލިބުމަކީ ވެސް މުހިންމުކަމެއް

އިންތިޚާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ފަސޭހައިން އެކައުންޓު ހުޅުވޭގޮތް ހަދަންޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ހަބީބު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ރާއްޖޭގެ ބޭންކެއްގައި އަލަށް އެކައުންޓެެއް ހުޅުވުމާ ގުޅޭގޮތުން، އެޕްލިކޭޝަން ހުށަހަޅާ ކެންޑިޑޭޓުންނަށް ބޭންކްތަކުން ކަނޑައަޅާ ކްރައިޓީރިއާ އެއްގެ ދަށުން ނަމަވެސް އައު އެކައުންޓެއް ހުޅުވޭނޭ އުނދަގޫ ނޫންގޮތެއް ހަމަޖެއްސެންޖެހޭ ކަމަށެވެ.

ހަބީބު ވިދާޅުވީ އިންތިޚާބުތަކާބެހޭ އާންމު ގާނޫނަށް އިސްލާހް ގެނައުމަށް، ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައިވާ މިވަގުތު، މިކަމާމެދު ވިސްނައި ވަރަށް މުހިންމު ކަމަށެވެ. އަދި ވިދާޅުވީ ބޭންކްތަކުގެ ކަންބޮޑުވުން ތަކަށް ހައްލެެއް ލިބުމަކީ ވެސް މުހިންމުކަމެއް ކަމަށެވެ.

އިންތިޚާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ފަސޭހައިން އެކައުންޓު ހުޅުވޭގޮތް ހަދަންޖެހޭ ކަމަށް ހަބީބު ވިދާޅުވެފައިވާއިރު، ބުރާސްފަތި ދުވަހުގެ ނިޔަލަށް އިންތިޚާބުގައި ވާދަކުރުމަށް އެކޮމިޝަނަށް 15 އެޕްލިކޭޝަން ހުށަހަޅާފައިވެއެވެ.

މިހާރު އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ ރޯދަ މަހުގެ 17 ވަނަ ދުވަހު މަޖިލިސް އިންތިޚާބު ބޭއްވުމަށެވެ. ނަމަވެސް އެއީ ކޮމިޝަނުން އެންމެ ބޭނުންވާ ގޮތް ނޫންކަމަށާއި، މިއީ މަޖުބޫރު ނިންމުމެއް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި މަޖިލިސް އިންތިޚާބަށް ލަފާދޭ ގައުމީ ކޮމިޓީގައި ހިމެނޭ އެއްވެސް ސިޔާސީ ޕާޓީއަކުން ވެސް، އަދި އިދާރާއަކުން ވެސް ރޯދަ މަހު އިންތިޚާބު ބާއްވަން ތާއީދެއް ނުކުރެއެވެ.

މިމައްސަލައާ ގުޅިގެން މިމަހުގެ 7 ވީ ބުދަ ދުވަހު އިންތިޚާބުތަކާބެހޭ ގާނޫނަށް އިތުރު ބައެއް އިސްލާހުތައް ގެނައުމަށާއި، ރައްޔިތުންގެ މަޖިލިސް އިންތިޚާބު ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން ބޭއްވުމަށް އެ މައްސަލައިގައި ދިރާސާ ކުރުމަށް އެކުލާވާލާފައިވާ ފަސް މެމްބަރުންގެ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި