ކ. މާލެ
|
8 ފެބްރުއަރީ 2024 | ބުރާސްފަތި 22:09
އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެން ތެލްއަވީވްގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަނީ
އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެން ތެލްއަވީވްގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަނީ
ރޮއިޓާސް
އެމެރިކާގެ ރާގު ބަދަލުވުން
އޮކްޓޯބަރު 7 ގެ ހަމަލާއަކީ ގަތުލުއާންމެއް ހިންގުމަށް އޮތް ލައިސަންސެއް ނޫން: ބްލިންކެން
 
އެމެރިކާގެ ބަސްމަގާއި ރާގު ބަދަލުވެފައި މިވަނީ ބައިނަލްއަގުވާމީ ނުފޫޒާއި ފިއްތުންތައް ބޮޑުވެ، ގޮތް ހުސްވެގެން ކަމަށް ބައެއް ފަރާތްތަކުން ދެކޭ

އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާއަކީ ގަތުލުއާންމެއް ހިންގުމަށް އިސްރާއީލަށް ލިބިފައި އޮތް ލައިސަންސެއް ނޫންކަމަށް، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން ވިދާޅުވެއްޖެއެވެ.

ފަލަސްތީނާ ދެކޮޅަށް ޣައްޒާގައި އިސްރާއީލްގެ އަސްކަރިއްޔާ (އައިއޯއެފުން) ހިންގަމުންދާ ލޭއޮހޮރުވުމުގެ ހަނގުރާމައަށް އިޝާރާތް ކުރައްވަމުން ބްލިންކެން މިހެން ވިދާޅުވީ، އެ ސަރަހައްދަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އަންގާރަ ދުވަހުގެ ރޭ އިޒްރޭލަށް ވަޑައިގެން އިއްޔެ ތެލްއަވީވްގައި ބޭއްވި ނިއުސް ކޮންފަރެންސްގައެވެ.

ބްލިންކެންގެ ވާހަކަފުޅުގައި، އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހިނގި ހާދިސާތަކަށް އިޝާރާތް ކުރައްވައި، ހަމާސްއިން ދިންހަމަލާއަކީ އިންސާނިއްޔަތާ ޚިލާފު ހަމަލާއެއްކަން ފާހަގަކުރެއްވިއެވެ. ނަމަވެސް މިފަދަ ތަޖުރިބާތަކުން ފަލަސްތީނާމެދު އެފަދަ އަމަލުތައް ހިންގުން ޖަސްޓިފައިކޮށްގެން ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު ވަނީ ޣައްޒާގައި އާންމުންގެ ފުރާނައަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ ކަންބޮޑުވުން ފާޅުކުރައްވައި، މި ހާލަތު އަދިވެސް ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވެފައެވެ.

އަލްޖަޒީރާގެ ރިޕޯޓެއްގައި ވާގޮތުން، ޣައްޒާގައި ޝަހީދުވި އާއްމުންގެ އަޣުލަބިއްޔަތަކީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ދިން ހަމަލާތަކާ އެއްވެސް ގުޅުމެއް އޮތް ބައެއް ނޫނެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި އުފެދުނު މި ހަމަނުޖެހުންތައް ފެށުނު ފަހުން އައިއޯއެފުން ވަނީ، ޣައްޒާގައި ތިބި ފަލަސްތީނުގެ ކުށެއް ނެތް 28،000 އާންމުން ޝަހީދުކޮށްލައި، 66،000ށްވުރެ ގިނަ މީހުން ޒަޚަމްކޮށްލާފައެވެ.

ބްލިންކެން ވަނީ ޣައްޒާގައި އާންމުން މަރުވާ އަދަދު މާ ބޮޑު ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ދަންނަވައި، ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ދާޚިލީ އަދި ބައިނަލްއަގުވާމީ ޕްރެޝަރު ބޮޑުވުމާ ގުޅިގެން ޣައްޒާގެ ހަނގުރާމައާމެދު އެމެރިކާއިން ދެކޭ ގޮތް ވަރަށް ބޮޑަށް ބަދަލުވެއްޖެއެވެ. އިސްރާއީލުގެ "އަމިއްލަ ދިފާއުގައި" އޮތް ހައްގަށް ތާއީދުކޮށް، އެންމެ ފުރަތަމަ ހަރުދަނާ ސްޓޭންޑެއް ދަމަހައްޓަމުން ދިޔަ ނަމަވެސް، އެމެރިކާއިން މިހާރު ވަނީ އެ ސަރަހައްދުގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެންނަން ވަކާލާތުކުރަން ފަށާފައެވެ.

އެމެރިކާގެ ބަސްމަގަށް މި ބަދަލު ގެނެސްފައި މިވަނީ އެމެރިކާގައި ބޮޑެތި މުޒާހަރާތަކާއި ބައިނަލްއަގުވާމީ މުޖުތަމައުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ގޮވާލުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ބުނަނީ މި ބަދަލުތަކުގެ ސަބަބުން ޣައްޒާގައި ހިނގަމުންދާ ލޭއޮހޮރުވުންތައް ހުއްޓުވުމުގައި އިޚްލާސްތެރިކަމާއި ހަރުދަނާކަން ނެތްކަމަށެވެ.

ބައިޑަންގެ ސަރުކާރުން ދަނީ އިސްރާއީލަށް އަސްކަރީ އަދި އިގްތިސާދީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށާއި، އެކަމުގެ ސަބަބުން އިސްރާއީލުގެ ސަލާމަތާއި ރައްކާތެރިކަމަށް ދޭ އަހައްމިއްޔަތުކަން ކަށަވަރުކޮށްދޭ ކަމަށް އެފަރާތްތަކުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އިޒްރޭލުގެ ލީޑަރުންނާއި ހާމާސްގެ ލީޑަރުން ހައްޔަރު ކުރުމުގެ އަމުރު ނެރޭނެ އެކަށީގެންވާ ހެކި އެބަހުރި: އައިސީސީގެ ޗީފް ޕްރޮސެކިއުޓަރ
ރަފާ ސިޓީ އަށާއި ޖަބާލިއާ ރެފިއުޖީ ކޭމްޕަށް ހުއްޓުމެއް ނެތި އިޒްރޭލުން ހަމަލާ ދެނީ
އިޒްރޭލުން ގާޒާ ހިފުމަށް ފަހު ކަންކުރާނެ ގޮތުގެ ޕްލޭނަކާ މެދު ނަތަންޔާހޫގެ ކޯލިޝަން ކެބިނެޓް ގައި ނުތަނަވަސްކަން އިތުރު ވަނީ
އިޒްރޭލުން ހަމަލާދީ ގާޒާ އިން ވޭތުވެ ދިޔަ 24 ގަޑީއިރު ތެރޭ ފަލަސްތީނުގެ 83 މީހުން މަރާލައިފި
އިޒްރޭލުން ހިތުހުރި ގޮތަކަށް ފަލަސްތީނުގެ ރައްޔިތުން މަރަމުން ދާއިރު އިސްލާމީ ގައުމު ތަކުގެ ވެރިން ކޮބާ؟
އިޒްރޭލްގެ އުދުވާން ކިތަންމެ ދިގުލައި ދިޔަޔަސް ހަމަލާތަކަށް ކުރިމަތި ލުމުގައި ދެމި ތިބޭނަން: ހަމާސް
އިޒްރޭލް ސަސްޕެންޑުކުރުމާ ގުޅޭގޮތުން ފީފާ އިން ޤާނޫނީ ލަފާ ހޯދަނީ
ރަފާ އަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމުގެ އަމުރަކަށް އެދި އދ ގެ ކޯޓަށް ހުށަހެޅި މައްސަލައިގައި އިޒްރޭލުން ދިފާއުގައި ވާހަކަ ދައްކައިފި