Advertisement
ކ. މާލެ
|
1 އޯގަސްޓް 2017 | އަންގާރަ 14:26
މެންބަރު ޝާހިދު އަދި އަސްލަމް ވެސް ކޯޓަށް ހާޒިރު ކުރަނީ
މެންބަރު ޝާހިދު އަދި އަސްލަމް ވެސް ކޯޓަށް ހާޒިރު ކުރަނީ
ރާއްޖެއެމްވީ
ފުލުހަށް ހާޒިރުކުރުން
ޝާހިދާއި އަސްލަމް އަދި އަލީ ހުސައިން ވެސް ފުލުހަށް ހާޒިރު ކުރަނީ
ފުލުސް އޮފީހަށް ހާޒިރު ކުރަނީ ފުލުހުންގެ ސަފުތައް ފަޅާލި މައްސަލައާއި ގުޅިގެން
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ގިނަ މެންބަރުންނާއި ގުޅޭ މައްސަލަަތައް ފުލުހުން އަންނަނީ ބަލަމުން
ޝާހިދު ހާޒިރު ކުރަނީ މިރޭ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދާއި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްގެ އިތުރުން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވެސް ފުލުސް އޮފީހަށް ހާޒިރުވުމަށް ފުލުހުން ޗިޓް ފޮނުވައިފި އެވެ.

މި ތިން  މެންބަރުން ވެސް ހާޒިރު ކުރަނީ ޖުލައި 24 ވަނަ ދުވަހު ފުލުހުންގެ ސަފުތައް ފަޅާލި މައްސަލައިގަ އެވެ.

އެގޮތުން ޗިޓްގައި ހާޒިރުކުރާ މައްސަލައިގެ ސަަބަބުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުނާއި ރައްޔިތުންގެ މަޖިލީހުގެ ނޫން ކަމަށް ކަނޑައަޅާފައިވާ ބަޔަކު ފުލުހުންގެ ސަފުތައް ފަޅާލާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަދެފައިވާ މައްސަލަ ކަމަށް ވަނީ ހިމަނާފަ އެވެ.

ޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު ފުލުސް އޮފީހަށް ހާޒިރު ކުރުމަށް އަންގާފައި ވަނީ އަންގާރަ ދުވަހުގެ ރޭ 07:45 އަށެެވެ. ހާޒިރު ކުރަނީ ޝަހީދު ހުސައިން އާދަމް ބިލްޑިންގ އެވެ.

އަސްލަމް ހާޒިރު ކުރުމަށް އަންގާފައި ވަނީ ބުދަ ދުވަހު ދުވަހުގެ ހަވީރު 05:00 އަށެވެ.

 އަލީ ހުސައިން ފުލުސް އޮފީހަށް ހާޒިރު ކުރުމަށް އަންގާފައި ވަނީ ބުދަ ދުވަހު ވަނަ ދުވަހުގެ 03:30 އަށެވެ

 މިދެ މެންބަރުން ފުލުސް އޮފީހަށް ހާޒިރު ކުރާ އިރު އެމްޑީޕީގެ ޕާލިމެންްޓްރީ ގްރޫޕު ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު ( އިބޫ) އާއި މާފަންނު ހުޅަނގު ދާިއރާގެ މެންބަރު މުހައްމަދު ފަލާހު ގެ މައްސަލައެއް ވެސް ފުލުހުން ވަނީ ބަލަން ފަށާފަ އެވެ. އަދި އެމީހުން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ދަނީ ސުވާލުކުރަމުންނެވެ. މީގެ އިތުރުން ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވެސް ވަނީ ފުލުހަށް ހާޒިރުކޮށް މި މައްސަލައިގައި ބަޔާން ނަގާފަ އެވެ.

މީގެ އިތުރުން ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިންނާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އަހުމަދު ވެސް ވަނީ ހައްޔަރުކޮށްފަ އެެވެ. މި ތިން މީހުން ވެސް ހައްޔަރުކޮށްފައި ވަނީ، 24 ޖުލައި ވީ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުން މެންބަރުން ނޫން ކަމަށް ކަނޑައަޅާފައިވަނިކޮށް، ފުލުހުންގެ ސަފުތައް ފަޅާލާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަދެފައިވާ ކަމުގެ ތުހުމަތުގަ އެވެ.

މި މައްސަލަަތަކުގެ އިތުރަށް ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަހުމަދު ސަމީރުގެ މައްސަލައެއް ވެސް ފުލުހުން ދަނީ ބަލަމުންނެެވެ. ސަމީރު ފުލުސް އޮފީހަށް ހާޒިރުކޮށް، ސުވާލުކުރެވެމުން ދަނީ ޖުމްހޫރީ ޕާޓީގެ އޮފީސް، މ.ކުނޫޒް ބަލާ ފާސްކުރަމުންދިޔަ އިރު ފުލުހުންގެ މަސައްކަތައް ހުރަސްްއަޅައި ކޯޓުން ފުލުުހުންނަށް ދިން އަމުރު ތަންފީޒު ކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގަ އެވެ

މީގެ އިތުރުުން، ރިޝްވަތުގެ މައްސަލަތަކަކާ ގުޅިގެން، ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްސަލަތަކެއް ވެސް ކްރިމިނަލް ކޯޓުގައި މިދުވަސްވަރު ކުރިއަށްދެ އެވެ. އަދި ދިއްގަރު ދާއިރާގެ މެންބަރުގެ މައްޗަށް ޝަހްސު އޮޅުވާލި މައްސަލަގައި ޝަރީއަތް ނިމެންދެން ފުލުހުންގެ ހައްޔަރުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް