Advertisement
ކ. މާލެ
|
1 އޯގަސްޓް 2017 | އަންގާރަ 13:31
ލ ފޮނަދޫ
ލ ފޮނަދޫ
ޓްވިޓަރ
ބިދޭސީ މީހާގެ މަރު
ފޮނަދޫގައި މަރާލި ބިދޭސީ މީހާގެ މައްސަލައިގައި އަށް ބިދޭސީއެއްގެ މައްޗަށް ދައުވާކޮށްފި!
އެކެއްގެ މައްޗަށް ވަނީ ގަސްތުގައި މީހަކު މެރުމުގެ ދައުވާކޮށްފަ
ހަތް މީހެއްގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާކޮށްފައިވޭ
މަރުވެފައިވަނީ ބަންގްލަދޭޝް ރައްޔިތެއް

ޒަހަމްތަކަކާ އެކު ލ. ފޮނަދޫ އިން މަރުވެފައި އޮއްވާ ފެނުނު ބިދޭސީ މީހާގެ މައްސަލައިގައި އަށް ބިދޭންސީއެއްގެ މައްޗަށް ދައުވާކޮށްފި އެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، ލ. ފޮނަދޫގައި މި އަހަރުގެ މާރޗު 30 ވަނަ ދުވަހު ބިދޭސީއަކު ފޮނަދޫ ގޮނޑުދޮށުގައި މަރުވެފައި އޮއްވާ ފެނުނު މައްސަލައިގައި ދައުވާ ކޮށްފައިވަނީ އަށް މީހުންގެ މައްޗަށް ކަމަށެވެ.

މިމަހުގެ 30 ވަނަ ދުވަހު މި މައްސަލައިގައި ދައުވާކޮށްފައިވާ އިރު ދައުވާ ކުރަން ފޮނުވި އަށް މީހުންގެ ތެރެއިން އެކެއްގެ މައްޗަށް ވަނީ ގަސްތުގައި މީހަކު މެރުމުގެ ދައުވާކޮށްފަ އެވެ. ބާކީ ހަތް މީހުންގެ މައްޗަށް ދައުވާކޮށްފައި ވަނީ ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

ފޮނަދޫގައި މަރާލާފައި އޮއްވާ ފެނިފައިވަނީ އުމުރުން 27 އަހަރުގެ ބަންގްލަދޭޝް ރައްޔިތެކެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ، ދެދުވަހެއް ކުރިން ގެއްލިގެން ހޯދަމުންދަނިކޮށެވެ. މަރުވެފައި އޮއްވާ ފެނުނު ބިދޭސީ މީހާ ފޮނަދޫގައި މަސައްކަތް ކުރާތާ ހަަތަރު އަހަރު ވެއްޖެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް