ކ. މާލެ
|
7 ފެބްރުއަރީ 2024 | ބުދަ 14:29
ަސައޫދީ އަރަބިއްޔާ އާއި، އިސްރާއީލްގެ ގައުމީ ދިދަ
ަސައޫދީ އަރަބިއްޔާ އާއި، އިސްރާއީލްގެ ގައުމީ ދިދަ
ގެޓީ އިމޭޖަސް
އިސްރާއީލާއި ސައޫދީގެ ގުޅުން
ފަލަސްތީނުގެ މިނިވަން ދައުލަތެއް ނެތި އިސްރާއީލާއެކު ސިޔާސީ ގުޅުމެއް ނުބާއްވާނަން: ސައޫދީ
 
ނޯމަލައިޒޭޝަން ބަރޯސާވެފައި ވަނީ ޣައްޒާއިން އިސްރާއީލުގެ ހުރިހާ ސިފައިން ފޭބުމުގެ މައްޗަށް ކަމަށް ވެސް ސައޫދިން ބުނޭ

ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފައްދައިގެން ނޫނީ އިސްރާއީލާ އެކު ސިޔާސީ ގުޅުން ގާއިމްނުކުރާނެ ކަމަށް ސައޫދީ އަރަބިއްޔާ އިން ބުނެފިއެވެ.

ސައޫދީ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 1967 ވަނަ އަހަރު އިރުމަތީ ގުދުސް އަކީ އެ ގައުމުގެ ވެރިރަށުގެ ގޮތުގައި އޮންނަ ބޯޑަރުތަކުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ބަލައިގަނެ، ޣައްޒާއަށް އިސްރާއީލުން ދެމުންގެންދާ ހަމަލާތައް ހުއްޓާލައިގެން ނޫނީ އިސްރާއީލާ އެކު ސިޔާސީ ގުޅުމެއް ނޯންނާނެ ކަމަށެވެ.

އަދި ނޯމަލައިޒޭޝަން ބަރޯސާވެފައި ވަނީ ޣައްޒާއިން އިސްރާއީލުގެ ހުރިހާ ސިފައިން ފޭބުމުގެ މައްޗަށް ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ސައޫދީން މިކަން ހާމަކޮށްފައި މިވަނީ އެ ޤައުމާއި އިސްރާއީލުން ނޯމަލައިޒޭޝަން މަޝްވަރާތައް ކުރިއަށް ގެންދަން ތައްޔާރަށް ތިބި ކަމަށް އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ޖޯން ކިރްބީ ވިދާޅުވެފައި ވަނިކޮށެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެން މީގެ ކުރިން ވިދާޅުވެފައިވަނީ ސަޢޫދީ ޢަރަބިއްޔާއާއި އިސްރާއީލާ ދެމެދު ނޯމަލައިޒޭޝަން ގެނައުމުން އިސްރާއީލު އިތުރަށް އެ ސަރަޙައްދަށް ވަނުމާ މެދު ކަންބޮޑުވާ އެންމެންނަށް ވެސް ވަރަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް އެމީހުންގެ ޤާނޫނީ ޙައްޤުތައް ހޯދައިދީ، އެންމެންނަށް ފުރިހަމަ އަދި އިންޞާފުވެރި ޞުލްޙައެއް ޤާއިމުކުރުމަށްޓަކައި، ފަލަސްތީނުގެ ދައުލަތް ބަލައިގަތުން އަވަސްކުރުމަށް އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުންނަށް ސައުދީން ނެރުނު ބަޔާނުގައި ވަނީ ގޮވާލާފައެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 27،585 މީހުން ޝަހީދުކޮށް، 66،978 މީހުން ވަނީ ޒަޚަމް ކޮށްލާފައެވެ.

އިސްރާއީލުން ދިން ޙަމަލާތަކުގެ ސަބަބުން ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުން ކާބޯތަކެއްޗާއި ސާފު ފެނާއި ބޭހުގެ ދަތިކަން ބޮޑުވެ ގެދޮރު ގެއްލިފައިވާއިރު، އެންކްލޭވްގެ އިންފްރާސްޓްރަކްޗަރގެ 60 އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ބޭނުން ނުކުރެވޭވަރުވެފައި ކަމަށް އދއިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް
ގުޅުންހުރި
ފަލަސްތީނަށް މިނިވަންކަން ނުދޭން އެމެރިކާ އާއި އިޒްރޭލުން ކުރާ މަސައްކަތުގައި އެ ދެގައުމު ދުނިޔޭގެ ކުރިމަތީގައި ބާކީވެ އެކަހެރިވަނީ
އިޒްރޭލް ސިފައިންނަށް ހަމާސް ހަނގުރާމަވެރިންގެ ހަމަލާތައް އިތުރުވެ ރަފާ ސިޓީގައި ހަނގުރާމަ ހޫނުވަނީ
ފަލަސްތީންގެ ރެފިއުޖީންނާ ބެހޭ އދ. ގެ އޮފީސް ރޯކޮށްލައިފި
ހަމާސްގެ ރޮކެޓް ހަމަލާއެއް އިޒްރޭލްގެ ފައުޖުތަކަށް ދީ އިޒްރޭލުގެ 3 ސިފައިން ޒަޚަމްކޮށްލައިފި
އީރާންގެ ދެމިއޮތުމަށް ނުރައްކާ ކުރާނަމަ ނިއުކްލިއަރ ހަތިޔާރު އުފައްދާނަން: އީރާން
އެމެރިކާގައި އުފައްދާ ބޮން އިޒްރޭލް ސިފައިން ފަލަސްތީނުގެ އާއްމުންނަށް އަމާޒުކޮށް ބޭނުން ކުރި ކަމަށް އެމެރިކާގެ ރައީސް އެއްބަސްވެވަޑައިގެންފި
އިޒްރޭލުން ގާޒާގެ ރަފާ ހިފުންވާނީ ބޮޑު ގޯހަކަށް: ޔޫއެން ސެކްރެޓަރީ ޖެނެރަލް
އިޒްރޭލުން ރަފަޙްއަށް ހަމަލާދިނުމުގެ ސަބަބުން ޣައްޒާގެ ރައްޔިތުން އަނެއްކާވެސް ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް