ކ. މާލެ
|
6 ފެބްރުއަރީ 2024 | އަންގާރަ 08:51
މަސްއޮޑި ކުޅުންތެރިން އުފާފާޅުކުރަނީ
މަސްއޮޑި ކުޅުންތެރިން އުފާފާޅުކުރަނީ
ދެވަނަ ޑިވިޝަން ފުޓްބޯޅަ
މަސްއޮޑި ސެމީއަށް، ފުރަތަމަ ޑިވިޝަނަށް ދިއުމަށް ބޭނުންވަނީ އެއް މޮޅު!
 
ސެމީން މޮޅުވާ ދެޓީމަށް ފުރަތަމަ ޑިވިޝަންގެ ޖާގަ ލިބޭނެ

ކުއާޓާ ފައިނަލް މެޗުވެސް ފަސޭހައިން ކާމިޔާބުކޮށް, ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލުން މަސްއޮޑި ސްޕޯރޓްސް ކްލަބް ޖާގަ ހޯދައިފި އެވެ.

ހަތަރު މެޗުންވެސް މޮޅުވެ, ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ކްއާޓާ ފައިނަލަށް ދަތުރުކުރި މަސްއޮޑީ, ސެމީފައިނަލުން ޖާގަހޯދީ 5-0 ން ބީޖީ ސްޕޯރޓްސް ބަލިކޮށްގެންނެވެ. މެޗުގައި މަސްއޮޑިން ފަސް ލަނޑު ވެސް ޖެހީ ދެވަނަ ހާފްގައެވެ. މަސްއޮޑި ސްޕޯރޓްސް ކްލަބްގެ ލަނޑުތައް ޖެހީ މުހައްމަދު ރާހިލް ރަޝީދު, މުހައްމަދު އެލް ސައީދު, އަލީ ޝާމިސް (ތޮއްޕެ), އިބްރާހީމް ޝަރީފް މުޙައްމަދު އަދި އިސްމާއީލް ފިކުރީ އެވެ. އޭނާ ލަނޑުޖެހީ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ އަކުންނެވެ.

ސެމީފައިނަލްގައި މަސްއޮޑި ވާދަކުރަން ޖެހޭނީ ކްއާޓާ ފައިނަލްގައި ލެގޫންސްއާއި ޓެންޓް ސްޕޯރޓްސް ކްލަބް ވާދަކޮށް ކުރިހޯދާ ޓީމަކާއެވެ. އެދެޓީމް ވާދަކުރާނީ މިމަހުގެ 8 ވަނަ ދުވަހު އެވެ. މިއަދު ކްއާޓާ ފައިނަލްގައި ވާދަކުރާނީ ނިއުރޭޑިއަންޓާއި ކްލަބް ޕީކޭ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް