ކ. މާލެ
|
5 ފެބްރުއަރީ 2024 | ހޯމަ 07:25
ޣައްޒާ ދޫކޮށް ރައްކާތެރި ހިސާބުތަކަށް ހިޖުރަކުރާ ޢާއްމު ރައްޔިތުންތަކެއް
ޣައްޒާ ދޫކޮށް ރައްކާތެރި ހިސާބުތަކަށް ހިޖުރަކުރާ ޢާއްމު ރައްޔިތުންތަކެއް
ރޮއިޓާސް
ހަނގުރާ ހުއްޓާލަން މިސުރުން ގޮވާލުން
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށާއި ފަލަސްތީނުގެ ދައުލަތެއް އުފެއްދުމުގެ މަގުޗާޓެއް އެކުލަވައިލުމަށް މިސްރުން ގޮވާލައިފި
މިސްރުން ވަނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް އާދީއްތަ ދުވަހު ގޮވާލާ، ފަލަސްތީނު މީހުން ޣައްޒާއިން މަޖުބޫރުކޮށްގެން ބޭރުކުރުމަށް ދެކޮޅު ހަދާފައި

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށާއި ފަލަސްތީނުގެ ދައުލަތެއް އުފެއްދުމުގެ މަގުޗާޓެއް އެކުލަވައިލުމަށް މިސްރުން ގޮވާލައިފިއެވެ.

މިސްރުން މިކަމަށް ގޮވާލާފައި މިވަނީ ގާހިރާގައި އެގައުމުގެ ޚާރިޖީ ވަޒީރު ސަމޭހް ޝޫކްރީ އާއި ފަރަންސޭސި ވިލާތުގެ ޚާރިޖީ ވަޒީރު ސްޓެފަން ސެޖޯން އާ ދެމެދު ބޭއްވެވި މަޝްވަރާތަކަށް ފަހުއެވެ.

ޣައްޒާއިން ފަލަސްތީނު މީހުން މަޖުބޫރުކޮށް ބޭރުކުރަން މިސްރުން ދެކޮޅު ހަދަން
ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝައުކްރީ

ފަލަސްތީނުގެ މައްސަލަހައްލުކުރަން ޖެހޭނީ ފުޅާ ދާއިރާއެއްގައި ސިޔާސީ އޮނިގަނޑެއްގެ ތެރެއިން ކަމަށާއި، ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރާނެ މުއްދަތެއް ކަނޑައެޅުމަށް އޭނާ ގޮވާލެއްވިއެވެ.

ސެޖޯން ވަނީ ފަލަސްތީނުގެ ސަރަހައްދުގައި ހަނގުރާމަ ހުއްޓާލުމަށްވެސް ގޮވާލާފައެވެ.

ފްރާންސްގެ މިނިސްޓަރު ވިދާޅުވީ ރަތް ކަނޑުގެ ސަރަހައްދުގައި ނުތަނަވަސްކަން އިތުރުވަމުންދާތީ ކަންބޮޑުވާ ކަމަށެވެ.

މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ ވެސް ފަރަންސޭސި ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމާއި ޣައްޒާގެ ހާލަތާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް މިސްރުގެ ރައީސް ގެ ބަޔާނުގައި ވެއެވެ.

އަދި ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ ސަރަޙައްދުން ބޭރުކުރުމަށް އެއްވެސް ފިޔަވަޅެއް އަޅައިގެން ނުވާނެކަމަށާއި، އެފަދަ ސިޔާސަތުތަކަށް ދެފަރާތުން ވެސް ދެކޮޅު ހަދާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ޣައްޒާގައި ހިނގަމުންދާ އިންސާނީ ކާރިސާ ނިމުމަކަށް ގެނައުމަށް ޓަކައި ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށާއި، އިންސާނީ އެހީތެރިކަން އެންކްލޭވްއަށް ވަނުމުގެ ފުރުސަތު ދިނުމަށް މިސްރުން ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން މި މަޝްވަރާތަކުގައި ވާހަކަ ދެކެވުނު ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި މި މަޝްވަރާތަކުގައި ސޫދާން، ލީބިޔާ އަދި ރަތް ކަނޑުގެ ކަންކަން ހިމެނޭ ގޮތަށް އިތުރު ގިނަ ކަންތައްތަކެއް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

ރަތް ކަނޑުގައި ނުތަނަވަސްކަން އުފެދިފައި މިވަނީ ޔަމަންގެ ޙޫޘީ ޖަމާއަތުން އިސްރާއީލާ ގުޅުން ހުރި ކަމަށް ބެލެވޭ ވިޔަފާރީގެ އުޅަނދުތަކަށް ދޭ ހަމަލާތަކާއި އޭގެ ރައްދުގައި އެމެރިކާއިން ދެމުންދާ ވައިގެ ހަމަލާތަކާ ގުޅިގެންނެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް އިން ދިން ހަމަލާއަށް ފަހު އިސްރާއީލުން ޣައްޒާއަށް ނުރައްކާތެރި ހަމަލާތަކެއް ދެމުންދާއރު، މިހާތަނަށް ފަލަސްތީނުގެ 27،365 މީހުން ޝަހީދުވެ، 66،630 މީހުން ޒަޚަމްވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އިސްރާއީލުން ދިން ޙަމަލާތަކުގެ ސަބަބުން ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުން ކާބޯތަކެއްޗާއި ސާފު ފެނާއި ބޭހުގެ ދަތިކަން ބޮޑުވެ ގެދޮރު ގެއްލިފައިވާއިރު، އެންކްލޭވްގެ އިންފްރާސްޓްރަކްޗަރގެ 60 އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ބޭނުން ނުކުރެވަރުވެފައި ކަމަށް އދއިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް