ކ. މާލެ
|
3 ފެބްރުއަރީ 2024 | ހޮނިހިރު 14:50
އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް، އިބްރާހީމް މުހައްމަދު ސާލިހު
އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް، އިބްރާހީމް މުހައްމަދު ސާލިހު
ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު
މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބޭ މަންޒަރު ފެނޭ: ރައީސް ސާލިހު
 
ވޯޓުލުމުގެ ކަންކަން ވަރަށް ފުރިހަމައަށް ރާވާފައިވޭ
 
ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެމްޑީޕީން ދަތުރުކޮށް، ކެންޕޭންގެ ހަރަކާތްތައް ވަރަށް ފުޅާކުރާނެ

ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް ލިބޭ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށް، އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހަށް ކެންޑިޑޭޓުން ހޮވުމަށް އެމްޑީޕީ ކުރިއަށްގެންދާ މަޖިލީސް ޕްރައިމަރީގެ ވޯޓުލުން ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނަށް މަައުލޫމާތު ދެއްވަމުން ރައީސް ސާލިހު ވިދާޅުވީ، އަމާޒަކީ މަޖިލީހުގެ މެޖޯރިޓީ ނެގުން ކަމަށާއި، އެމަންޒަރު ފެނިވަޑައިގަންނަވާ ކަމަށެވެ.

ރައީސް ސާލިހު ވިދާޅުވީ މި ޕްރައިމަރީ ނިމުމާއެކު ކެންޕޭން ލޯންޗުކުރާނެ ކަމަށާއި، ރާއްޖޭގެ އެކިކަންކޮޅުތަކަށް އެމްޑީޕީން ދަތުރުކޮށް، ކެންޕޭންގެ ހަރަކާތްތައް ވަރަށް ފުޅާކުރާނެ ކަމަށެވެ.

އަޅުގަނޑުމެންގެ އަމާޒަކީ އިރާދަކުރެއްވިއްޔާ މަޖިލީހުގެ މެޖޯރިޓީ ނެގުން. އަޅުގަނޑުމެންނަށް އެމަންޒަރު އެބަ ފެނޭ. މި ޕްރައިމަރީ ނިމުމާއެކު އަޅުގަނޑުމެންގެ ކެންޕޭން ލޯންޗިންގ އޮންނާނެ. އެއަށްފަހު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ކުރިއެކޭވެސް އެގޮތަށް އެމްޑީޕީން ދަތުރުތައް ކުރާނެ. އެމްޑީޕީއަކީ އަބަދުވެސް ވަރަށް ރަނގަޅަށް އިންތިޒާމްވެގެން ކެންޕޭންކުރާ ބައެއް. މިފަހަރުގެ އިންތިޚާބުގަ ވެސް އަޅުގަނޑުމެން އެގޮތަށް އިންތިޒާމްތައް ރާވަމުން މިގެންދަނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑު މިދެންނެވިހެން ކުރިއަށް މިއޮތް 20 ވަނަ ރައްޔިތުން މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އެމްޑީޕީއަށް ލިބިގެންދާނެ.
ކުރީގެ ރައީސް، އިބްރާހީމް މުހައްމަދު ސާލިހު

އެމްޑީޕީގެ މަޖިލީސް ޕްރައިމަރީގެ އިންތިޒާމުތަކަށް އިޝާރާތް ކުރައްވައި ރައީސް ސާލިހު ވިދާޅުވީ ވޯޓުލުމުގެ ކަންކަން ވަރަށް ފުރިހަމައަށް ރާވާފައިވާ ކަމަށެވެ. ވަރަށް ސުލްހަވެރިކަމާއެކު ހުރިހާ ކަމެއް ކުރިއަށްދާކަން ރައީސް ސާލިހު ފާހަގަކުރެއްވިއެވެ.

ރައީސް ސާލިހު ވިދާޅުވީ ބައެއް ދާއިރާތަކުގެ ކެންޑިޑޭޓުން އެހެން ކެންޑިޑޭޓުންނާ މަޝްވަރާކުރުމަށްފަހު، ވޯޓަކަށް ނުގޮސް އެއްބަސްވުންތަކަކަށް އައިސްފައިވާ ކަމަށެވެ.

އަދި ދާއިރާތަކަށް ކުރިމަތިލެއްވި ބޭފުޅުންނާ މަޝްވަރާކޮށްގެން ސުލްހަވެރިކަމާއެކު މިކަން ގެންދިއުމަށްޓަކާ މަޝްވަރާކޮށް، ބައެއް ދާއިރާތަކުން މިވަނީ އެއްބަސްވުމަކަށް އައިސް، ވޯޓާ ހިސާބަކަށް ނުގޮސް ހައްލުތަކެއް ހޯދައިފަ. އަޅުގަނޑު ހިތުން ޕްރައިމަރީއެއްގަ ކޮންމެ ފަހަރަކު ވެސް ނުކުމޭ ހައްލު ކުރަން ދަތި ވަރަށް ގިނަ ކަންތައްތަކެއް. މިފަހަރުގެ ޕްރައިމަރީގަ ދުރާލާ ޕާޓީގެ އިސް ބޭފުޅުން މަޝްވަރާކުރައްވައިގެން މި ހޯދުނު ނަތީޖާއަކީ، އަޅުގަނޑު ހިތުން ވަރަށް ރަނގަޅު ކާމިޔާބީއެއް. ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގަ މީގެ ސަބަބުން ވަރަށް ބޮޑުތަނުން ފަސޭހަވެގެންދާނެ ކަމަށް ގަބޫލުކުރަނީ.
ކުރީގެ ރައީސް، އިބްރާހީމް މުހައްމަދު ސާލިހު

އެމްޑީޕީގެ މަޖިލީސް ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 9:00ން ހަވީރު 5 ޖެހުމާ ހަމައަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
100%
ކޮމެންޓް
ގުޅުންހުރި
އުފެއްދުންތެރި މަޖިލީހެއްގެ ގޮތުގައި މަސައްކަތްކުރާނެ މަޖިލީހަކަށް 20 ވަނަ މަޖިލިސް ވެގެން ނުދާނެ - އަބްދުﷲ ވަހީދު
މިއަދު ސިޔާސީ މަޤާމުތަކަށް އައްޔަނުކުރާ މީހުންގެ މައުލޫމާތަކީ ވަންހަނާ، ސިއްރު މައުލޫމާތު: މީކާއީލް
އެމްޑީޕީން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހިންގުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތައް ކުރާނެ: ނިޔާޒު
މިސަރުކާރުގައި ޑިމޮކްރަސީ އާއި ރައްޔިތުންގެ ފައިދާއަށް މަސައްކަތް ކުރާ ތަނެއް ނުފެނޭ: ޝަރީފް
މަޖިލިސް އިންތިޚާބުން އެނގުނީ ސަރުކާރު ޖަވާބުދާރީކުރުވާނީ ސީދާ ރައްޔިތުންގެ ވޯޓުންކަމަށް ރައްޔިތުން ޤަބޫލުކުރާކަން - ނިޔާޒް
ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމްކުރަން ހުށަހެޅުން - ޖިންސީ ގޯނާގެ މައްސަލަތައް ހައްލުކުރަން އެޅޭ މުހިންމު ފިޔަވަޅެއް
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޒަރީރު އައްޔަންކުރަން ރުހުންދީފި
ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ މުހިންމު ކަންތައްތަކެއް ހިމެނޭ ކާބޯތަކެއްޗާ ބެހޭ ބިލު ފާސްކޮށްފި