Advertisement
ކ. މާލެ
|
1 އޯގަސްޓް 2017 | އަންގާރަ 07:58
ހިންނަވަރުން އަތުލައިގަތް މަސްތުވާތަކެތި
ހިންނަވަރުން އަތުލައިގަތް މަސްތުވާތަކެތި
ޕޮލިސް
މަސްތުވާތަކެތި
ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެތި ހޯދާފައިވަނީ "ކެޓް ފުޑް" ޕެކެޓެއްގެ ތެރެއިން

ޅ.ހިންނަވަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ، ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ޅ.ހިންނަވަރު ޕޮލިސް ސްޓޭޝަން ގުޅިގެން ނިމިގެން ޖުލައި މަހުގެ 25 ވަނަ ދުވަހު ޅ.ހިންނަވަރުގައި ހިންގި އޮޕަރޭޝަނުގައި 19 އަހަރުގެ ދިވެހި ދެ ފިރިހެނުން ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެގޮތުން މި އޮޕަރޭޝަންގައި ހިންނަވަރަށް ދިޔަ ބޯޓެއްގެ ފުރަތަމަ ފަންގިފިލާއިން ރަތްކުލައިގެ ކޮތަޅެއް ހިފައިގެން ދެމީހަކު ތިރިއަށް ފައިބަނިކޮށް، އެ ދެމީހުން ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސް އެ ދެމީހުން ހަށިގަނޑާއި އެ ދެ މީހުންގެ އަތުގައި އޮތް ކޮތަޅު ބަލައި ފާސްކުރިއިރު ކޮތަޅު ތެރޭގައި އޮތް "ކެޓް ފުޑް" ޕެކެޓެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 25 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ޙާޟިރު ކުރުމުން، އެ ކޯޓުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި މި ދެމީހުން ބަންދުގައި ބޭތިއްބުމަށް 10 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.

ފުލުހުން ބުނީ މި މައްސަލަ ޅ.ހިންނަވަރު ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް