ކ. މާލެ
|
1 ފެބްރުއަރީ 2024 | ބުރާސްފަތި 06:51
އިރާނުގެ ދެ ކުޅުންތެރިއަކު އުފާފާޅު ކުރަނީ
އިރާނުގެ ދެ ކުޅުންތެރިއަކު އުފާފާޅު ކުރަނީ
އޭއެފްސީ
އޭޝިއަން ކަޕް
ޖަޕާނާއި އިރާން ކުއާޓާ ފައިނަލަށް
ކުއާޓާ ފައިނަލްގައި ވާދަކުރާނީ މި ދެ ޓީމް

އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލަށް އިރާނާއި ޖަޕާން ހިނގައްޖެ އެވެ.

މުބާރާތުގެ އެންމެ ކާމިޔާބު ގައުމުތަކުގެ ތެރޭގައި ހިމެނޭ ދެ ގައުމުގެ ތެރެއިން ޖަޕާން ގަދަ އަށަކަށް ދިޔައީ ބަހުރޭން 3-1އިން ބަލިކޮށްގެންނެވެ. އިރާން ކުއާޓާއިން ޖާގަ ހޯދީ ޕެނަލްޓީ ޖަހައިގެން 5-3އިން ސީރިއާ ބަލިކޮށްގެންނެވެ.

ގަތަރުގެ އަލްތުމާމާ ސްޓޭޑިއަމުގައި ކުޅުނު މެޗުގައި ޖަޕާންގެ ފުރަތަމަ ގޯލު ޖެހީ 31 ވަނަ މިނިޓްގައި ރިސްޓޫ ޑޯން އެވެ. ދެ ވަނަ ލަނޑު ޖެހީ 49 ވަނަ މިނިޓްގައި ޓަކެފޫސާ ކޫބޯ އެވެ. މި ލަނޑަށް ފަހު ބަހުރޭނަށް ފަރަގު ކުޑަވެ، ހިތްވަރު ލިބުނީ ޖަޕާންގެ އުއެޑާ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. ނަމަވެސް އޭނާ ވަނީ 72 ވަނަ މިނިޓްގައި ޖަޕާންގެ ލީޑް ފުޅާކޮށްދީފަ އެވެ.

އަބްދުﷲބިން ހަލީފާ ސްޓޭޑިއަމުގައި ކުޅުނު މެޗުގައި ލީޑް ނެގީ އިރާނުންނެވެ. އެއީ 34 ވަނަ މިނިޓްގައި މެހްދީ ތެރޭމީ ޖެހި ގޯލުންނެވެ. މި މެޗުގެ 90 ވަނަ މިނިޓްގައި އޭނާ އަށް ރަތްކާޑު ދެއްކުމުން އިތުރު ވަގުތުގެ ދެ ހާފު އިރާނުން ކުޅުނީ 10 ކުޅުންތެރިންނާއެކުގަ އެވެ. ސީރިއާއިން ނަތިޖާ ހަމަހަމަކުރީ 64 ވަނަ މިނިޓްގައި އޮމަރު ހަރްބިން ލިބުނު ޕެނަލްޓީ އަކުން ޖެހި ގޯލުންނެވެ.

ޕެނަލްޓީގައި ސީރިއާ އަށް ނާކާމިޔާބުވީ ފަހްދު ޔޫސުފް ޖެހި އެ ޓީމުގެ ދެ ވަނަ ޕެނަލްޓީ އެވެ. އޭނާ އަށް ބޯޅަ ފޮނުވާލެވުނީ އިރާނުގެ ކީޕަރުގެ އަތަށެވެ.

މި ނަތީޖާއާއެކު މުބާރާތުގެ ކުއާޓާ ފައިނަލުގައި އިރާން ވާދަކުރަންޖެހޭނީ ޖަޕާނާ އެވެ. ތަޖިކިސްތާން ވާދަކުރާނީ ޖޯޑަންއާ އެވެ. ސައޫދީ އަރަބިއާ ކަޓުވާލި ދެކުނު ކޮރެޔާ ނުކުންނާނީ އޮސްޓްރޭލިޔާއާ ދެކޮޅަށެވެ. މުބާރާތް ބާއްވާ ގައުމު އަދި އެންމެ ފަހުގެ ޗެމްޕިއަން ގަތަރު ބައްދަލުކުރާނީ ތަޖިކިސްތާނާ އެވެ.

- ކޮމެންޓް