ކ. މާލެ
|
31 ޖެނުއަރީ 2024 | ބުދަ 16:34
މި ސަރުކާރުގެ ކެބިނެޓް
މި ސަރުކާރުގެ ކެބިނެޓް
ރައީސް އޮފީސް
މާލީ ބަޔާން
އައު ސަރުކާރުން މާލީބަޔާންތައް ހާމަނުކުރުމަކީ ކަންބޮޑުވާކަމެއް - ޓްރާންސްޕޭރެންސީ މޯލްޑިވްސް
 
ވެރިކަން ބަދަލުވުމާއެކުވެސް ވީހާވެސް އަވަހަކަށް ސަރުކާރުގެ އިސްވެރިންގެ މާލީ ބަޔާންތައް ހާމަކުރުމަށް ގޮވާލާފައިވާނެ

އައު ސަރުކާރުން މާލީބަޔާންތައް ހާމަނުކުރުމަކީ ކަންބޮޑުވާކަމެއް ކަމަށް، ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަސްކާފު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން، ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރ އާސިއަތު ރިޟްވީނާ ވިދާޅުވީ، ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސްގައި ސަރުކާރުގެ އިސްވެރިންގެ މާލީ ބަޔާންތައް ހާމަކުރުމަކީ ވަރަށް ބޮޑު ދައުރެއް އަދާކުރާ ކަމެއް ކަމަށެވެ. އަދި ކުރީ ސަރުކާރުން އަމިއްލަ އިސް ނެގުމުގެ މަތިން މާލީ ބަޔާންތައް ހާމަކުރެވިފައިވާ ކަމަށާއި، އެއީ ރަނގަޅުކަމެއް ކަމަށް ރިޟްވީނާ ވިދާޅުވިއެވެ. ނަމަވެސް އެ ބަޔާންތައް އާންމުކޮށްފައި ވަނީ އެންމެ ރަނގަޅަށް ނޫން ކަމަށާއި، ބައެއް ފަހަރަށް މާލީ ބަޔާންތަކުގައި ގަބޫލުނުކުރެވޭ ވަރުގެ ދަށް އަަދަދުތައް ޖަހާފައި ހުންނަ ކަމަށެވެ.

މާލީ ބަޔާންތައް ހާމަކުރުމުން އެކަނި ނުފުދޭ. މާލީ ބަޔާން އެއީ ރަނގަޅު ބަޔާންތައްތޯ ބަލަންޖެހޭ ފަރާތްތައް އެބަ ތިބެންޖެހޭ. އެ ބަޔާންތަކުގަ ނުރަނގަޅު މައުލޫމާތު ދީފަ ވާނަމަ ޕެނަލްޓީތަކެއް ހުންނަންޖެހޭ.
ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރު، އާސިއަތު ރިޟްވީނާ

ވެރިކަން ބަދަލުވުމާއެކުވެސް ވީހާވެސް އަވަހަކަށް ސަރުކާރުގެ އިސްވެރިންގެ މާލީ ބަޔާންތައް ހާމަކުރުމަށް ގޮވާލާފައިވާނެ ކަމަށް ރިޟްވީނާ ވިދާޅުވިއެވެ.

ނަމަވެސް ސަރުކާރަށް 2 މަސް ވެގެންދިޔައިރު، އަދިވެސް ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި އެއްވެސް ބައެއްގެ މާލީ ބަޔާންހާމަކޮށްފައެއް ނުވެއެވެ. އަދި އެކަމާ ގުޅޭގޮތުން ސަރުކާރުން ވަކި އެއްޗެއްވެސް ބުނެފައެއް ނުވެއެވެ.

ރިޟްވީނާ ވިދާޅުވީ އެސެޓް ޑިކްލަރޭޝަންގެ ބިލަށް ވަކާލާތުކުރާތާ 2 އަހަރުވެފައިވާ ކަމަށާއި، އެ ބިލުގައި ދައުލަތުގެ އިސްވެރިންނާއި، ކެބިނެޓާއި، މަޖިލިސް، ކުންފުނިތައް އަދި އާއިލާތައް ވެސް ހިމެނޭގޮތަށް މާލީ ބަޔާން ހާމަކުރުމަށް ބާރުއަޅާފައި ވާނެކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް