Advertisement
ކ. މާލެ
|
31 ޖުލައި 2017 | ހޯމަ 21:15
ހާދިސާ ހިނގިތަން
ހާދިސާ ހިނގިތަން
ރާއްޖެ އެމްވީ
މާރާމާރީ ހާދިސާ
މޫނު ނިވާކޮށްގެން ތިބި ގުރޫޕަކުން ޒުވާނަކަށް ހަމަލާދީ ވަރަށް ބޮޑަށް ޒަހަމް ކޮށްލި
މިހާދިސާ ހިނގާފައިވަނީ 09:10 ހާއިރު

މޫނު ނިވާކޮށްގެން ތިބި ގްރޫޕަކުން  ވަޅިން ހަމަލާދީ ޒުވާނަކު މަރާލިތާ ދެ ދުވަސް ފަހުން، ހޯމަ ދުވަހުގެ ރޭ  އަނެއްކާ ވެސް ޒުވާނަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ. 

ހަމަލާދީ ޒަހަމްކޮށްލީ ހަދީދީ މަގުގައި ހުރި ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ހުރި ޒުވާނެކެވެ. އޭނާ ލިޓަސް އަށް ދިޔައީ ކޮން ކަމެއްގައި ކަމެއް ނޭނގެ އެވެ. 

ހޯމަ ދުވަހުގެ ރޭ 9:10 ހާއިރު ޒަހަމްކޮށްލި މި ޒުވާނާގެ މޭގެ އެކިތަންތަނަށް ހަމަލާދީފައިވެ އެވެ.

މަންޒަރު ފެނުނު ބައެއް މީހުން ބުނި ގޮތުގައި ޒުވާނާ އަށް ހަމަލާދިނީ ތިން ސައިކަލުގައި ދިޔަ ބައެވެ. 

"އޭނާގެ މޭގެ އެތައް މިތަނަށް ހުރީ ވަޅި ޖަހާފައި. ލޭގެ ކޯރެއް އޮތީ ހެދިފައި. ފެންނަ ފެނުމަށް އެ މީހާ ސަލާމަތްވުމުގެ ފުރުސަތު ވަރަށް ކުޑަކަމަށް ގަބޫލުކުރެވޭ،" މައުލޫމާތު ދިންމީހާ ބުންޏެވެ. 

ޒަހަމްވި ޒުވާނާއަށް ފަރުވާ ދެމުންދަނީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގަ އެވެ. 

 މި ހާދިސާ ހިނގައިފައިވާ އިރު ބުރާސްފަތި ދުވަހު ހަވީރު ވެސް ޒުވާނަކަށް ވަޅިން ހަމަލާދީފައިވެއެވެ.  ހަމަލާދިން  އެ ޒުވާނާ މަރުވެފައި ވަނީ ހޮނިހިރު ދުވަހު ހަވީރު އެވެ. އެދުވަހު މަރުވި ޒުވާނާއަކީ ހއ. ތަކަންދޫ އިބްރާހިމީ ހިޔާ، ނަދީމް އަބުދުއްރަހްމާން އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް