ކ. މާލެ
|
30 ޖެނުއަރީ 2024 | އަންގާރަ 11:28
 ޕެނަޑޯލް (ޕެރަސިޓަމޯލް- 500 މިލިގްރާމް)
ޕެނަޑޯލް (ޕެރަސިޓަމޯލް- 500 މިލިގްރާމް)
ހެލްތު މިނިސްޓްރީ
ޕެނަޑޯލް ބޭނުންކުރުން
ރާއްޖޭގައި އެންމެ އާންމުކޮށް ބޭނުންކުރާ ޕެނަޑޯލް ބޭނުން ނުކުރަން އަންގައިފި
 
މިހެން ދިމާވަނީ ބޭސް އުފެއްދުމުގައި ފުރިހަމަ ކުރަންޖެހޭ މިންގަނޑުތައް ފުރިހަމަ ނުކުރާތީ
 
މަނާކޮށްފައިވަނީ ޕެނަޑޯލް (ޕެރަސިޓަމޯލް- 500 މިލިގްރާމް)

ރާއްޖޭގައި އެންމެ އާންމުކޮށް ބޭނުންކުރާ އެއް ބޭސް ކަމަށްވާ ޕެނަޑޯލް (ޕެރަސިޓަމޯލް- 500 މިލިގްރާމް) ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންގައިފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ، ރާއްޖެ އެތެރެކޮށް ވިއްކާ ޑޮކްޓަރީ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރު ކުރުމަށްޓަކައި "ޕޯސްޓް މާކެޓް ސަވައިލެންސް ޕްލޭނެއް" ހަދައި، އެ ޕްލޭނާ އެއްގޮތަށް ބޭހުގެ ރެންޑަމް ސާމްޕަލް ނަގައި ޓެސްޓު ކުރަމުން ގެންދާ ކަމަށެވެ.

އަދި އެގޮތަށް މާކެޓުން ނަގާފައިވާ ސާމްޕަލްގެ ތެރެއިން ޕެނަޑޯލް (ޕެރަސިޓަމޯލް- 500 މިލިގްރާމް) ނަގައި ޓެސްޓުކުރިއިރު، ބޭހުގެ ބައެއް ގުޅަތައް ފުނޑުވެ، ބޭސްގުޅައިގެ ވަށައިގެން ތަންތަންކޮޅުން ނެއްޓިފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެމްއެފްޑީއޭއިން ބުނީ، އާންމު ގޮތެއްގައި ބޭހަށް މިހެން ދިމާވަނީ ބޭސް އުފެއްދުމުގައި ނުވަތަ ބޭސް ރައްކާ ކުރުމުގައި ފުރިހަމަ ކުރަންޖެހޭ މިންގަނޑުތައް ފުރިހަމަ ނުކުރާތީ ކަމަށެވެ.

އަދި އެފަދަ މައްސަލައެއް ދިމާވެފައިވާ ބޭސް ބޭނުން ކުރުމުން، ބޭހުން ލިބެންޖެހޭ ފައިދާ ނުކުރުމުގެ ފުރުސަތު ބޮޑުކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

އެމްއެފްޑީއޭއިން އިތުރަށް ބުނީ، ބޭހުން ފާހަގަވި މައްސަލަ ދިމާވާން މެދުވެރިވި ސަބަބު އެ އިދާރާގެ ފަރާތުން އިތުރަށް ބަލައި ދިރާސާ ކުރަމުންދާކަމަށާއި، ތަހުގީގު ނިމެންދެން މި ބޭސް ރާއްޖެ އެތެރެ ކުރުން "ރެސްޓްރިކްޓް" ކުރެވިފައިވާ ކަމަށެވެ.

ވުމާއެކު، އެ އިދާރާއިން ވަކި ގޮތެއް އަންގަންދެން ފާމަސީތަކުންނާއި އާންމު ފިހާރަތަކުން މިވަގުތު މި ބޭސް ނުވިއްކުމަށް އެމްއެފްޑީއޭއިން ވަނީ އަންގާފައެވެ. މިވަގުތު ފާމަސީތަކާއި ބޭސްރައްކާ ކުރާ ގުދަންތަކާއި އާންމު ފިހާރަތަކުގައި ހުރި މި ބޭހުގެ ސްޓޮކް ވަކި ކުރުމަށްފަހު ބޭސް ރައްކާކުރުމަށް ކަނޑައެޅިފައިވާ ފިނި ހޫނުމިނުގައި ބެހެއްޓުމަށްވެސް ވަނީ އެދިފައެވެ.

އެމްއެފްޑީއޭއިން ބުނީ، ޕެރަސެޓަމޯލް 500 މިލިގްރާމްގެ އިތުރު 11 ބްރޭންޑަކާއި، ޕެރަސެޓަމޯލް 650 މިލިގްރާމްގެ 7 ބްރޭންޑެއް އެޕްރޯވްޑް ޑްރަގް ލިސްޓުގައި ހިމެނޭކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ރާއްޖޭގައި ޒިކާ ވައިރަސް ފެތުރެމުން ނުދޭ: ހެލްތު މިނިސްޓްރީ
ސިއްހީ ޚިދުމަތްތަކާމެދު އިތުބާރު ގެއްލޭގޮތަށް ވާހަކަ ފަތުރައި، ފޮޓޯ އާންމުކުރުން ކުށްވެރިކޮށްފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި ޑައެލިސިސް ޚިދުމަތް ފަށަނީ
އޮކްސިޖަން ފުޅިން އޮކްސިޖަން ހުސްވެގެން މީހަކު މަރުވިކަމުގެ ތުހުމަތު، މައްސަލަ ދަނީ ބަލަމުން
ދެ ބްރޭންޑެއްގެ ހަވާދުގެ ބައެއް ބާވަތްތައް އެތެރެކުރުމާއި ބޭނުންކުރުން އަދި ވިއްކުން މަނާކޮށްފި
ޞިއްޙީ ޚިދުމަތްދިނުމުގެ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުން އެކަށީގެންވާ ބަދަލެއް އަންނާނެކަމަށް ނުބެލެވޭ - ޒިޔާދު
24 ގަޑިއިރަށް ޚިދުމަތް ބަދަލުކޮށްފައިވާ އެއްވެސް ސިއްހީ މަރުކަޒަކަށް 24 ގަޑިއިރު ޚިދުމަތް ނުދެވޭނެކަމަށް ނާނގާނެ: މިނިސްޓަރު ހަލީލު
މޮޅަދޫގެ ސިއްހީ މަރުކަޒުގެ މަސައްކަތް ހުއްޓިފައި އޮތީ ބަޖެޓު ނެތުމުން، ޚިދުމަތް ދިނުމުގައި ކުޑަބޮޑު ރަށެއް ނުބަލަން: މިނިސްޓަރު ހަލީލު