Advertisement
ކ. މާލެ
|
31 ޖުލައި 2017 | ހޯމަ 20:26
ވިލާ ކުންފުނީގެ ޗެއަރމަން ޤާސިމް އިބްރާހީމް
ވިލާ ކުންފުނީގެ ޗެއަރމަން ޤާސިމް އިބްރާހީމް
މުހައްމަދު ޝަރުހާން
ވިލާ ކުންފުނި
ވިލާއިން ދައްކަން ޖެހުނު 18 މިލިއަން ޑޮލަރުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި
މައްސަލަ ބޭރުކޮށްލީ ވިލާއިން ހާޒިރު ނުވެގެން
ޝަރީއަތް ތާވަލް ކޮށްފައި އޮތީ އާދީއްތަ ދުވަހަށް

ދައުލަތަށް 18 މިލިއަން ޑޮލަރު (277 މިލިއަން ރުފިޔާ) ދައްކަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ ކުންފުނިން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެންގި މައްސަލާގައި ވިލާ އިން ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމަށް އެ ކުންފުނި ހާޒިރު ނުވުމުން އެ މައްސަލަ ކޯޓުން ބޭރު ކޮށްލައިފި އެވެ.


ވިލާ ޝިޕިން އެންޑް ޓްރޭޑިން އަށް ސަރުކާރުން ދޫކޮށްފައިވާ ރަށެއްގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 18 މިލިއަން ޑޮލަރު ދައްކަން އަންގައި، މިދިޔަ މާޗް މަހު މީރާ އިން ވަނީ އެ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފަ އެވެ.

އެ މައްސަލާގައި ވިލާއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލީ އާދީއްތަ ދުވަހު ތާވަލް ކުރި އަޑުއެހުމަށް ވިލާ ކުންފުނި ހާޒިރު ނުވުމުންނެވެ. މަދަނީ މައްސަލަތަކުގައި ދައުވާކުރާ ފަރާތުން ކޯޓަށް ހާޒިރު ނުވެއްޖެ ނަމަ އެ މައްސަލައެއް ބޭރުކޮށްލުމުގެ ބާރު ކޯޓުތަކަށް އޮވެ އެވެ.

އެ މައްސަލަ ކޯޓުން ބޭރުކޮށްލިއިރު ވިލާ އަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކެއްގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 37 މިލިއަން ޑޮލަރު(578 މިލިއަން ރުފިޔާ) ހޯދަން މީރާ އިން ވަނީ ވިލާ ކުންފުންޏާ ދެކޮޅަށް ދައުވާކޮށްފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް