ކ. މާލެ
|
29 ޖެނުއަރީ 2024 | ހޯމަ 14:03
ސެލްޓަވީގޯގެ ކޯޗު ރަފާ ބެނީޓޭޒް
ސެލްޓަވީގޯގެ ކޯޗު ރަފާ ބެނީޓޭޒް
ގޫގުލް
ރަފާ ބެނީޓޭޒް
އިސްތިއުފާ ނުދޭނަން: ބެނީޓޭޒް
 
އޭނާގެ ޓީމު މިވަގުތު އޮތީ ޓޭބަލުގެ ފުލުން ހަތަރެއްގައި

ސެލްޓަވީގޯގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކޯޗު ރަފާ ބެނީޓޭޒް ބުނެފި އެވެ.

އޭނާ މިހެން ބުނީ މަގާމުން ވަކިވުމަށް އެދި ގޮވާ ގޮވުންތައް އިތުރުވެފައިވަނިކޮށެވެ.

ބެނީޓޭޒާމެދު ސަޕޯޓަރުން ހިތްހަމަނުޖެހިގެން އުޅެނީ ޓީމުގެ ނަތީޖާތައް މާބޮޑަށް ދަށްވުމުންނެވެ. އެ ޓީމު މިވަގުތު އޮތީ 17 ޕޮއިންޓާއެކު ޓޭބަލުގެ 17 ވަނާގަ އެވެ. އެއީ މިހާތަނަށް 22 މެޗު ކުޅެގެންނެވެ. ޓީމުގެ މައިނަލް ގޯލުގެ އަދަދަކީ 17 އެވެ.

ބެނީޓޭޒް ބުނީ ޓީމު ބަލިވުމުން އޭނާ ދެރަވާ ކަމަށެވެ. ނަމަވެސް މި ސީޒަން ފެށުގެ ކުރިން ޓީމާ ހަވާލުވީ ތިން އަހަރުގެ ޕްރޮޖެކްޓެއްގައި ކަމަށްވާތީވެ، ޓީމާއިގެން ކުރިއަށްދާން ބޭނުންވާ ކަމަށެވެ.

"ކުއްލިއަކަށް ހުރިހާ ކަމެއް ބަދަލެއް ނުކުރެވޭނެ. އަހަރެން ހަވާލުވީ ތިން އަހަރުގެ ކޮންޓްރެކްޓެއްގައި. ވަޒީފާއާ މެދު އަހަރެންގެ ކަންބޮޑުވުމެއްނެތް. އިސްތިއުފާ ނުދޭނަން. ސަބަބަކީ ޓީމާއިގެން ކުރިއަށްދާން އަހަރެން ބޭނުންވާތީވެ،"
ކޯޗު ބުންޏެވެ.

ބެނީޓޭޒަކީ ތަޖުރިބާކާރު ކޯޗެކެވެ. އޭނާ ވަނީ ލިވަޕޫލަށް 2005 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފަ އެވެ. އަދި ސްޕޭނުގެ ވެލެންސިއާ އާއި އިނގިރޭސިވިލާތުގެ ޗެލްސީ އާއި އިޓަލީގެ އިންޓަމިލާނަށް ވެސް ކާމިޔާބު ހޯދައިދިނެވެ. އޭނާ ސެލްޓަވީގޯއާ ހަވާލުވީ ކޯޗިންއާ ދުވަސްކޮޅަކު ދުރުގައި ހުރުމަށްފަހު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް