ކ. މާލެ
|
28 ޖެނުއަރީ 2024 | އާދީއްތަ 20:47
ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ
ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ
މަޖިލިސް
މެންބަރަށް ހަމަލާދިނުން
ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ މަޖިލީހަށް ވަންނަވަނިކޮށް ހަމަލާދީފި
 
އެމްޑީޕީގެ މެންބަރުންނަށް އަންނަނީ މަރުގެ އިންޒާރު ދެމުން

ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ މަޖިލީހަށް ވަންނަވަނިކޮށް ގްރޫޕަކުން ހަމަލާދީފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ބާއްވާ ޖަލްސާގެ ބައެއް މިރޭ 8 ޖެހި އިރު މަޖިލީހުގައި ބޭއްވުމަށް ނިންމާފައިވެއެވެ. އަދި އެގަޑީގައި މަޖިލީހަށް މެންބަރު ޙުސައިން މުޙައްމަދުދީދީ މަޖިލީހަށް ވަންނަވަނިކޮށް، މަޖިލިސް ކައިރީގައި އެއްވެފައި ތިބި ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުގެ ތެރެއިން، އެތަނުގައި އޮތް ގްރޫޕަކުން ވަނި ހަމަލާދީފައެވެ.

ނަމަވެސް މެންބަރަށް އަނިޔާއެއްވިކަމެއް ސާފެއް ނޫނެވެ.

މީގެ އިތުރުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމްގެ ގެ ކައިރިއަށް 20 މީހަކު ހިމެނޭ ގްރޫޕަކުން ސައިކަލުތަކުގައި އައިސް އިންޒާރުދީ ހަޑިހުތުރުބަސް ބޭނުންކޮށްފައިވެއެވެ.

މި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނޭ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި ސަރުކާރަށް ތާއިދު ކުރާ ފަރާތްތައް މަޖިލިސް ކައިރިއަށް އެއްވެފައިވާއިރު، އެމްޑީޕީގެ މެންބަރުންނަށް އަންނަނީ ޖަލްސާގައި ބައިވެރިވާނަމަ މަރުގެ އިންޒާރުދެމުންނެވެ.

ރާއްޖޭގެ ނަންބަރަކުން ގުޅާ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސައަށް ވެސް ވަނީ މަރުގެ އިންޒާރުދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
50%
0%
0%
0%
50%
0%
ކޮމެންޓް