ކ. މާލެ
|
28 ޖެނުއަރީ 2024 | އާދީއްތަ 18:42
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު، މުހައްމަދު އަސްލަމް
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު، މުހައްމަދު އަސްލަމް
މަޖިލިސް
މަޖިލީހުގެ ރައީސާއި ނައިބު ރައީސް
މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރުން - އެމްޑީޕީން ގެންދިޔަ މެމްބަރުންނާއެކު ވެސް ހަމަވީ 23 މެމްބަރުން
 
ޕީޕީއެމް، ޕީއެންސީ އަދި އަމިއްލަ މެމްބަރުންގެ ސޮޔާއެކު، ޖުމްލަ 23 މެމްބަރުން ވަނީ ސޮއިކުރައްވާފައި
 
މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މައިނޯރިޓީ ލީޑަރު، ފޮނަދޫ ދާއިރާގެ ޕީއެންސީ މެމްބަރު މޫސާ ސިރާޖް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި، ނައިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފިއެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ޕީޕީއެމް، ޕީއެންސީ އަދި އަމިއްލަ މެމްބަރުންގެ ސޮޔާއެކު ޖުމްލަ 23 މެމްބަރުން ވަނީ ސޮއިކުރައްވާފައެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މައިނޯރިޓީ ލީޑަރު، ފޮނަދޫ ދާއިރާގެ ޕީއެންސީ މެމްބަރު މޫސާ ސިރާޖެވެ. އެ މައްސަލައިގައި ބުނެފައިވަނީ، އާދިއްތަ ދުވަހުގެ ޖަލްސާގައި ރިޔާސަތުގައި އިންނަވައިގެން އަސްލަމް އަމަލުކުރައްވާފައި ވަނީ މަޖިލީހުގެ ގަވާއިދުގެ 200 ވަނަ މާއްދާގެ ބ، ޅ އަދި އ އާ ޚިލާފަށް ކަމަށެވެ. ސިރާޖު ހުށަހެޅުއްވި އެ މައްސަލައިގައި އިތުރަށް ވިދާޅުވެފައި ވަނީ، ގާނޫނު އަސާސީގައި 70 ވަނަ މާއްދާއާއި 75 ވަނަ މާއްދާއާ ވެސް އަސްލަމް ޚިލާފުވެވަޑައިގެންފައި ވާކަމަށެެވެ.

މީގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާނޫނު އަސާސީއާ ޚިލާފަށް މަސައްކަތް ކުރުން ހުއްޓުވުމަށް މަސައްކަތް ނުކުރައްވާ ކަމަށް ތުހުމަތުކޮށެވެ. މީގެ އިތުރުން ގާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް މަޖިލިސް ހިނގަމުންދާ ކަމަށް ކަށަވަރު ކުރުމަށް ނައިބު ރައީސް މަސައްކަތް ނުކުރައްވާ ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް