ކ. މާލެ
|
27 ޖެނުއަރީ 2024 | ހޮނިހިރު 23:33
ނިޔާވެފައި އޮއްވާ ފެނުނު މީހާ އުޅުނު ގޭގެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ
ނިޔާވެފައި އޮއްވާ ފެނުނު މީހާ އުޅުނު ގޭގެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ
ރާއްޖެއެމްވީ
މީހަކު ނިޔާވެފައި އޮއްވާ ފެނުން
މާލެއަށް ޑޮކްޓަރަށް ދައްކަން އައިސް ހުރި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ
ނިޔާވެފައިވަނީ 67 އަހަރުގެ ދިވެހި ފިރިހެނެއް

މާލެއަށް ޑޮކްޓަރަށް ދައްކަން އައިސް ހުރި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ މާލެއަށް ޑޮކްޓަރަށް ދައްކަން އައިސް ހުރި މީހެއްގެ ޚަބަރެއް ނުވާކަމަށް ހޮނިހިރު ދުވަހުގެރޭ 8:50 އެހާކަންހާއިރު، ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި އެ ރިޕޯޓާއި ގުޅިގެން އެމީހާ މާލެއައިސް ހުރި ގެއަށް ފުލުހުން ގޮސް، އެމީހާ ދިރިއުޅޭ ކޮޓަރިއަށް ވަދެ ބެލިއިރު މީހާ ނިޔާވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ.

ފުލުހުން ބުނީ ނިޔާވެފައިވަނީ 67 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އަދި ސީންގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

- ކޮމެންޓް