Advertisement
ކ. މާލެ
|
26 ޖެނުއަރީ 2024 | ހުކުރު 16:28
ކުރީގެ ރައީސް ޞާލިހް، އިންޑިޔާގެ ބޮޑުވަޒީރާ ބައްދަލުކުރެއްވުމުގެ ތެރެއިން
ކުރީގެ ރައީސް ޞާލިހް، އިންޑިޔާގެ ބޮޑުވަޒީރާ ބައްދަލުކުރެއްވުމުގެ ތެރެއިން
ރައީސް އޮފީސް
އިންޑިޔާގެ ޖުމްހޫރީ ދުވަސް
އިންޑިޔާގެ ޖުމްހޫރީ ދުވަހާއި ގުޅިގެން ކުރީގެ ރައީސް ރައީސް ޞާލިހު ތަހުނިޔާ ވިދާޅުވެއްޖެ
ރައީސް ޞާލިޙް ކުރެއްވި ޕޯސްޓެގައި ވަނީ، އިންޑިޔާގެ 75 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޤައުމުގެ ރައީސާއި، ބޮޑުވަޒީރާއި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެފައި

އިންޑިޔާގެ ޖުމްހޫރީ ދުވަހާއި ގުޅިގެން ކުރީގެ ރައީސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު، އެޤައުމުގެ ރައީސް ދްރައުޕަތީ މުރްމުއަށާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި، އިންޑިޔާގެ 75 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޤައުމުގެ ރައީސާއި، ބޮޑުވަޒީރާއި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެފައިވެއެވެ. އެމަނިކުފާނު ވަނީ އިންޑިއާއާއި ރާއްޖެއާއި ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ވަރުގަދަވުމަށް އެދިވަޑައިގަންނަވާކަން އެ ޕޯސްޓުގައި ފާހަގަކުރައްވާފަައެވެ. އިންޑިޔާގެ ޖުމްހޫރީ ދުވަސް ފާހަގަކުރަނީ އެ ޤައުމުގެ ޤާނޫނު އަސާސީ އެކުލަވާލާ، ޢަމަލުކުރަން ފެށިދުވަސް ފާހަގަ ކުރުމުގެ ގޮތުންނެވެ.

Advertisement

އެ ޤައުމުގެ ޤާނޫނު އަސާސީ އެކުލަވާލީ 1950 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 26 ވަނަ ދުވަހެވެ. މީގެ އިތުރުން ދުވަހަކީ އިންޑިޔާގެ ފުރަތަމަ ރައީސް ޑޮކްޓަރ ރަޖެންދްރާ ޕްރަސާދް، ރައީސްކަމުގެ ހުވާކުރެއްވި ދުވަސްކަން ފާހަގަކޮށްލެވެއެެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް