Advertisement
ކ. މާލެ
|
31 ޖުލައި 2017 | ހޯމަ 16:20
މާފުށީ ޖަލު، ޖަލަށް މަސްތުވާތަކެއްޗާއި ފޯނު އެތެރެކުރަން އުޅުނު ބަޔަކު މިދިޔަ މަހު ހައްޔަރުކުރި
މާފުށީ ޖަލު، ޖަލަށް މަސްތުވާތަކެއްޗާއި ފޯނު އެތެރެކުރަން އުޅުނު ބަޔަކު މިދިޔަ މަހު ހައްޔަރުކުރި
ގޫގުލް
ޖަލަށް މަސްތުވާތަކެތި
ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އޮފިސަރަކު މަސްތުގެ ހާލަތުގައި ހުއްޓާ ހައްޔަރުކޮށްފި
ހައްޔަރުކުރީ ޑިއުޓީއަށް ގޮސް ޖަލު ކައިރީގައި ހުއްޓާ
އޮފިސަރު ހުރީ މަސްތުގެ ހާލަތުގައި
ޓޭޕް އަޅާފައި އޮތް ފަސް ރަބަރު ޕެކެޓް

މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތް ކުރި ކަރެކްޝަނުގެ އޮފިސަރަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 33 އަހަރުގެ ފިރިހެނެއް ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކަރެކްޝަނުގެ އޮފިސަރު ހައްޔަރުކޮށްފައިވަނީ މާފުށީ ޖަލުގެ ޑިއުޓީއަށް ގޮސް ޖަލު ކައިރީގައި ހުއްޓާ އެވެ.

އެ މީހާ ހައްޔަރުކޮށްފައި ވަނީ މާފުށި ޖަލަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކ.މާފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި ހޮނިހިރު ދުވަހުގެ 15:55 ހާއިރު މާފުށި ޖަލުކައިރިން ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނި ގޮތުގައި އޭނާގެ ހަށިގަނޑު ބަލައި ފާސްކުރިއިރު އޭނާ ލައިގެން ހުރި ފަޓުލޫނުގެ ކަނާއަތްފަރާތު އަރިމަތީ ޖީބުން ޓޭޕް އޮޅާފައި އޮތް ފަސް ރަބަރު ޕެކެޓު ފެނިފައިވެއެވެ. އަދި އޭނާގެ ކުޑަކަމުދާ ތަކެތި ނަގައިގެން ޓެސްޓު ކުރުމުން މަސްތުވާތަކެތީގެ ބާވަތަކަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މާފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ހޯމް މިނިސްޓްރީއިން ކަނޑައަޅާ ތަނެއްގައި އޭނާ ބަންދުކޮށްގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދިފަ އެވެ.

މިދިޔަ ޖޫން މަހުގެ ތެރޭގައި ވެސް ޖަލަށް މަސްތުވާތަކެއްޗާއި ފޯނު އެތެރެކުރަން އުޅުނު ބަޔަކު ހައްޔަރު ކޮށްފައިވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް