ކ. މާލެ
|
26 ޖެނުއަރީ 2024 | ހުކުރު 11:59
ސިޓީއަށް ސޮއިކުރި އާޖެންޓީނާ މިޑްފީލްޑަރ ކްލައުޑިއޯ: ފޮޓޯ-ރިވަރ ޕްލޭޓް
ސިޓީއަށް ސޮއިކުރި އާޖެންޓީނާ މިޑްފީލްޑަރ ކްލައުޑިއޯ: ފޮޓޯ-ރިވަރ ޕްލޭޓް
ސިޓީގެ ޓްރާންސްފަރ
އާޖެންޓީނާގެ 17 އަހަރުން ދަށުގެ ކެޕްޓަންގެ ސޮއި މެންޗެސްޓަރ ސިޓީން ހޯދައިފި
 
ސިޓީއާ ގުޅޭނީ މިއަހަރު ނިމުމުން

ނޮވެމްބަރު މަހު އޮތް 17 އަހަރުން ދަށުގެ ފީފާ ވަރލްޑްކަޕްގައި އާޖެންޓީނާގެ ކެޕްޓަންކަން ކުރި ޒުވާން މިޑްފީލްޑަރުގެ ސޮއި މެންޗެސްޓަރ ސިޓީން ހޯދައިފި އެވެ.

އާޖެންޓީނާގެ ރިވަރ ޕްލޭޓްގެ މިޑްފީލްޑަރ ކްލައުޑިއޯ އެޗެވޭރީގެ ސޮއި ސިޓީން ހޯދީ 12.5 މިލިއަން ޕައުންޑަށެވެ. ސިޓީއާއެކު ކްލައުޑިއޯ ސޮއިކުރީ ހަތަރު އަހަރާ ބައިގެ އެއްބަސްވުމެއްގަ އެވެ. އެހެންނަމަވެސް އުއްމީދީ މިދްފީލްޑަރު ސިޓީއާ ގުޅޭނީ މިއަހަރު ނިމުމުންނެވެ. މިއަހަރު ނިމެންދެން 18 އަހަރުގެ ކުޅުންތެރިޔާ ކުޅޭނީ ރިވަރ ޕްލޭޓް އަށެވެ.

2022 ވަނަ އަހަރު ފޯވަޑް އަލްވަރޭޒްއާއެކު ވެސް ސިޓީން ހެދި އެފަދަ އެއްބަސްވުމެކެވެ. ރިވަރ ޕްލޭޓް އަށް ކުޅެމުން ދަނިކޮށް, ސިޓީން ސޮއިކުރި ނަމަވެސް ސީޒަން ނިމެންދެން އޭނާ ހުރީ ރިވަރ ޕްލޭޓް ގައެވެ. މިދިޔަ އަހަރާއި މިއަހަރު އަލްވަރޭޒް އަންނަނީ ސިޓީގައި މޮޅަށް ކުޅެމުންނެވެ.

ކްލައުޑިއޯ އެެޗެވޭރީ އަކީ 17 އަހަރުން ދަށުގެ ވަރލްޑްކަޕްގެ ކްއާޓާ ފައިނަލްގައި ބްރެޒިލް ކޮޅަށް ހެޓްރިކް ހެދި މިޑްފީލްޑަރެވެ. އެ މުބާރާތުގައި އޭނާ ފަސް ގޯލް ޖެހިއެވެ. ނަމަވެސް ތިންވަނަ ހޮވާ މެޗުން ބަލިވެ, މުބާރާތް ނިންމާލީ ހަތަރު ވަނައިގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް