ކ. މާލެ
|
24 ޖެނުއަރީ 2024 | ބުދަ 17:58
ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގެ ތެރެއިން
ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގެ ތެރެއިން
ރާއްޖެއެމްވީ
ސިޔާސީ މަގާމުތަކާއި މެންބަރުންގެ އަދަދު
ސިޔާސީ މަގާމުތަކާއި މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންޓްރޯލްކުރުމަށް ގާނޫނަށް ބަދަލު ގެންނަނީ
 
އެމްޑީޕީއަކީ އަބަދުވެސް ޕާޓީގެ މަސްލަހަތަށްވުރެ ގައުމީ މަސްލަހަތަށް އިސްކަންދޭ ޕާޓީއެއް
 
ކަންކަމުގެ ސަބަބުން އިގުތިސާދަށް ބޮޑެތި ގެއްލުންތައް ލިބޭ
 
ކުންފުނިތައް އުފެއްދުމާއި، ރެގިއުލޭޓް ކުރުމުގައި ޚާއްސަކޮށް ވަކި އުސޫލެއް ކަނޑައެޅިފައެއް ނެތް

ސިޔާސީ މަގާމުތަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންޓްރޯލްކޮށް، ސަރުކާރު ހިއްސާވާ ކުންފުނިތައް އުފެއްދޭނެ އުސޫލެއް ކަނޑައެޅުމާއި، ގާނޫނު އަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އާއި ދަ ޑިމޮކްރެޓްސްއިން އެއްބަސްވެއްޖެއެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް ވިދާޅުވީ، ދެ ޕާޓީގައި އެކީގައި މަސައްކަތް ކުރެވޭނެ ބައެއް ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައި ވާކަމަށާއި، ބައެއް ކަންކަން ނިންމާފައި ވާކަމަށެވެ.

ގާނޫނު އަސާސީގައި އޮންނަ ގޮތުން ރައްޔިތުން މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުން ދާކަމަށާއި، އެ އަދަދު ކޮންޓްރޯލް ކުރަންޖެހޭ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

އެ އަދަދަކީ ތަޅުލެވިފަ އޮންނާނެ އަދަދެއް ކަމަށް ގާނޫނު އަސާސީން ކަނޑައެޅުމަކީ މިވަގުތު މުހިންމު ކަމެއް ކަމަށް އަޅުގަނޑުމެން ދެ ޕާޓީއަށް ވެސް ފެންނާތީ، އެ މަޝްވަރާކޮށްފަ ވާނެ، ގާނޫނު އަސާސީން މިދެންނެވި އިސްލާހު ގެނައުމަށް. އޭގެ މާނައަކީ ވަކި އަދަދެއްގަ ރައްޔިތުން މަޖިލީހުގަ މެންބަރުންގެ އަދަދު ހިފެހެއްޓިފަ އޮތުން. ރައްޔިތުން އިތުރުވާ މިންވަރަށް ބަލާފަ 5000 ރައްޔިތުންނަށް ގޮނޑިއެއް އިތުރުވާ އުސޫލުގެ ބަދަލުގަ، މިދެންނެވި ގޮތަށް އަޅުގަނޑުމެންނަށް ރައްޔިތުން މަޖިލީހުގެ މެންބަރުންގެ އަދަދު، ގާނޫނު އަސާސީން ގެންނަ އިސްލާހުން ބަދަލު ގެނައުން.
ޑިމޮކްރެޓްސްގެ ރައީސް، ހަސަން ލަތީފް

ސިޔާސީ މަގާމުތަކަށް އިޝާރާތް ކުރައްވައި ހަސަން ލަތީފް ވިދާޅުވީ، ސިޔާސީ މަގާމުތަކަށް އައްޔަންކުރައްވާ ބޭފުޅުންގެ އަދަދު އިންތިހާއަށް ގިނަވާ ކަމަށެވެ. ޚާއްސަކޮށް ސްޓޭޓް މިނިސްޓަރުންނާއި، ޑެޕިއުޓީ މިނިސްޓަރުންނާއި، އަދި އެ ފެންވަރުގެ ބޭފުޅުންގެ ނަމުގައި އިތުރުކަން އޭނާ ފާހަގަކުރެއްވިއެވެ. މިއީ ރާއްޖޭގެ އިގުތިސާދަށް ބަލާއިރު ބޮޑު މައްސަލައެއް ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

މީގެ އިތުރުން ހަސަން ލަތީފް ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތައް އުފެއްދުމާއި، ރެގިއުލޭޓް ކުރުމުގައި ޚާއްސަކޮށް ވަކި އުސޫލެއް ކަނޑައެޅިފައި ނެތްކަމަށެވެ. އެހެންކަމުން އެ އިރެއްގައި އޮންނަ ސަރުކާރަކުން ހިތުހުރި ގޮތަކަށް ސަރުކާރުގެ ކުންފުނިތައް ހިންގަމުންދާ ކަމަށާއި، މިކަމުގެ ސަބަބުން އިގުތިސާދަށް ނޭދެވޭ އަސަރު ކުރާކަމަށެވެ.

ހަސަން ލަތީފް ވިދާޅުވީ މި ކަންކަމަކީ އެކަމުގެ ސަބަބުން އިގުތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ކަންކަން ކަމަށެވެ. އެހެންކަމުން ގާނޫނު އަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން ދެ ޕާޓީން ގުޅިގެން މަސައްކަތްކުރާނެ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

މި މައްސަލަތަކަށް އިޝާރާތް ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވީ، އެމްޑީޕީއަކީ އަބަދުވެސް ޕާޓީގެ މަސްލަހަތަށްވުރެ ގައުމީ މަސްލަހަތަށް އިސްކަންދޭ ޕާޓީއެއް ކަމަށެވެ.

އެހެންކަމުން ދެ ޕާޓީ ގުޅިގެން މަސައްކަތް ކުރަން އެއްބަސްވެފައިވަނީ ގައުމުގެ މަންފާއަށްޓަކައި ކަމަށް މެންބަރު ސަލީމް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އުފެއްދުންތެރި މަޖިލީހެއްގެ ގޮތުގައި މަސައްކަތްކުރާނެ މަޖިލީހަކަށް 20 ވަނަ މަޖިލިސް ވެގެން ނުދާނެ - އަބްދުﷲ ވަހީދު
އެމްޑީޕީން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހިންގުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތައް ކުރާނެ: ނިޔާޒު
މިސަރުކާރުގައި ޑިމޮކްރަސީ އާއި ރައްޔިތުންގެ ފައިދާއަށް މަސައްކަތް ކުރާ ތަނެއް ނުފެނޭ: ޝަރީފް
މަޖިލިސް އިންތިޚާބުން އެނގުނީ ސަރުކާރު ޖަވާބުދާރީކުރުވާނީ ސީދާ ރައްޔިތުންގެ ވޯޓުންކަމަށް ރައްޔިތުން ޤަބޫލުކުރާކަން - ނިޔާޒް
ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމްކުރަން ހުށަހެޅުން - ޖިންސީ ގޯނާގެ މައްސަލަތައް ހައްލުކުރަން އެޅޭ މުހިންމު ފިޔަވަޅެއް
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޒަރީރު އައްޔަންކުރަން ރުހުންދީފި
ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ މުހިންމު ކަންތައްތަކެއް ހިމެނޭ ކާބޯތަކެއްޗާ ބެހޭ ބިލު ފާސްކޮށްފި
20 ވަނަ މަޖިލީހަށް އިންތިހާބުވި އެމްޑީޕީގެ މެންބަރުންނާ ރައީސް ޞާލިހު ބައްދަލުކުރައްވައިފި