ކ. މާލެ
|
23 ޖެނުއަރީ 2024 | އަންގާރަ 18:48
މާފަންނުގައި ހުންނަ ސިމްޑީ ސީޕީޑީގެ ފިހާރަ ހުޅުވަނީ
މާފަންނުގައި ހުންނަ ސިމްޑީ ސީޕީޑީގެ ފިހާރަ ހުޅުވަނީ
ސިމްޑީ
ސިމްޑީ ސީޕީޑީ
ސިމްޑީ ސީޕީޑީގެ 3 ވަނަ ޝޯވ ރޫމް ހުޅުވައިފި
 
މާފަންނުގައި ހުޅުވި ޝޯރޫމުން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިޔަފާރި ކުރެވޭނެ
 
ކަސްޓަމަރުން ބޭނުންވާ ހުރިހާ ޕްރޮޑަކްޓްތައް ލިބެން ހުންނާނެ

މާފަންނު ކަނބާއައިސާރަނި ހިނގުމުގައި ސިމްޑީ ސީޕީޑީގެ 3 ވަނަ ޝޯވ ރޫމް ހުޅުވައިފިއެވެ.

ސިމްޑީ ސީޕީޑީ މާފަންނު ޝޯވރޫމް ރަސްމީކޮށް ހުޅުވައިދެއްވީ ސިމްޑީގެ މެނޭޖިންގ ޑިރެކްޓަރ މިޝާލް އިބްރާހިމް މުހައްމަދު ދީދީ އާއި ޖެނެރަލް މެނޭޖަރ ޔޫޝަޢު ސަޢީދުއެވެ. ސިމްޑީ ގްރޫޕުގެ ފަސް ޑިވިޝަނެއް ހުންނަ އިރު މާފަންނުގައި ހުޅުވާފައިވަނީ ސީޕީޑީގެ 3 ވަނަ ޝޯރޫމެވެ.

ޖެނެރަލް މެނޭޖަރ ޔޫޝަޢު ސަޢީދު ވިދާޅުވީ އެ ޝޯރޫމުން ކޮންސިއުމަރ ޕްރޮޑަކްޓްސް ޑިވިޝަންގެ ޕްރޮޓަކްޓްސްތައް ޑިސްޕްލޭކޮށް އާންމުންނަން ލިބެން ހުންނާނެ ކަމަށެވެ. ސިމްޑީޕީ ސީޕީޑީގެ 3 ވަނަ ޝޯ ރޫމުގައި ކަސްޓަމަރުން ބޭނުންވާ ހުރިހާ ޕްރޮޑަކްޓްތައް ލިބެން ހުންނާނެ ކަމަށާއި، އޭގެ ތެރޭގައި ރީތިވާ ސާމާނާއި، ކައްކަން ބޭނުންވާ ފަދަ ސާމާނުތައް ހުންނާނެ ކަމަށެވެ.

ސިމްޑީގެ މެނޭޖިންގ ޑިރެކްޓަރ މިޝާލް އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވީ ބޭނުންވަނީ އަތޮޅުތަކަށް ޕްރޮޑަކްޓްތައް ލިބޭނެ ގޮތް ހެދުމަށް ކަމަށާއި، އެގޮތުން ރަށްތައް ބެލުމަށްފަހު އެތަންތަނުން ސިމްޑީން ވިއްކާ ޕްރޮޑަކްޓްސް ލިބޭނެ އިންތިޒާމްތައް ހެދިގެންދާނެ ކަމަށެވެ.

ސިމްޑީން އަލަށް ހުޅުވި ޝޯރޫމަކީ މާފަންނުގައި ދިިރިއުޅޭ ފަރާތްތަކަށް ހާއްސަކުރެވިގެން ހުޅުވުނު ފިހާރައެކެވެ. ސިމްޑީން 200ށް ވުރެ ގިނަ ބްރޭންޑުގެ 15000ށް ވުރެ ގިނަ ޕްރޮޑަކްޓް އެތެެރެކޮށް ވިއްކަމުންދެއެވެ. އަދި މާފަންނުގައި ހުޅުވި ޝޯރޫމުން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިޔަފާރި ކުރެވޭނެއެވެ.

މާފަންނު ސީޕީޑީ ޝޯރޫމް ހުޅުވުމާއި ގުޅިގެން "އޯޕަނިންގ ވީކް" ޕްރޮމޯޝަނެއްގެ ގޮތުގައި ހާއްސަ ލަކީޑްރޯއެއް ވެސް ވަނީ އިއުލާނު ކޮށްފައެވެ. މި ލަކީޑްރޯގެ އެއް ވަނަ އަށް ހުށަހަޅާފައި ވަނީ 1،500 ރުފިޔާގެ ސިމްޑީ އޮންލައިން ސްޓޯރުގެ ގިފްޓު ވައުޗަރެކެވެ. ދެ ވަނަ އަށް 1،000 ރުފިޔާގެ ގިފްޓު ވައުޗަރެއް ހުށަހަޅާފައި ވާއިރު ތިން ވަނަ އަށް ހުށަހަޅާފައި ވަނީ 500 ރުފިޔާގެ ގިފްޓު ވައުޗަރެކެވެ.

ލަކީޑްރޯ ކުރިއަށް ގެންދަނީ މި މަހުގެ 28 ވަނަ ދުވަހާ ހަމައަށެވެ. އަދި ސިމްޑީ ސީޕީޑީ މާފަންނު ޝޯރޫމުން ވިޔަފާރިކުރާ ފަރާތްތަކަށް މި ލަކޯޑްރޯގައި ބައިވެރިވެވޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
100%
0%
ކޮމެންޓް