ކ. މާލެ
|
22 ޖެނުއަރީ 2024 | ހޯމަ 21:40
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން
ރާއްޖެއެމްވީ
ވޯޓާސް ލިސްޓް
ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް 746 ޝަކުވާ
 
284327 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވޭ
 
އެންމެ ގިނައިން ޝަކުވާ ހުށަހަޅާފައިވަނީ އެޑްރެސް ބަދަލުވެގެން

މާރޗު 17 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހަމަވިއިރު 746 ޝަކުވާ ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.

ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ. އެމުއްދަތު ހަމަވަނީ ޖެނުއަރީ މަހުގެ 21 ވާ އާދިއްތަ ދުވަހުގެ މެންދުރު 3 ޖެހުމާ ހަމައަށެވެ. އެމުއްދަތުގެ ތެރޭގައި 746 ޝަކުވާ ހުށަހަޅާފައިވާއިރު އެންމެ ގިނައިން ޝަކުވާ ހުށަހަޅާފައިވަނީ އެޑްރެސް ބަދަލުވެގެންނެވެ. އެއީ 450 ޝަކުވާއެވެ. ދެން އެންމެ ގިނައިން ޝަކުވާ ހުށަހަޅާފައިވަނީ މަރުވެފައިވާ މީހުންގެ ނަން ލިސްޓުގައި ހިމަނާފައިވާތީއެވެ. އެފަދަ 225 ޝަކުވާ ހުށަހަޅާފައިވެއެވެ. ދާއިރާ ބަދަލުވެގެން 40 ޝަކުވާ އަދި އައިޑީކާޑު ނަންބަރު ބަދަލުވެގެން 1 ޝަކުވާ ލިސްޓުގައި ނަން ނެތިގެން 5 ޝަކުވާ ހުށަހަޅާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު މިމަހުގެ 31ން އަންނަ މަހުގެ 14ށް ވަނީ ހުޅުވާލާފައެވެ.

އީސީން ބުނެފައިވަނީ 17 މާރިޗު 2024 ވަނަ ދުވަހަށް 18 އަހަރުފުރޭ 139165 އަންހެނުންނާއި، 145162 ފިރިހެނުންނާއެކު، ޖުމްލަ 284327 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް