Advertisement
ކ. މާލެ
|
31 ޖުލައި 2017 | ހޯމަ 11:30
ފުލުހުން ހޯދަމުންދާ ދެމީހުންގެ ފޮޓޯ
ފުލުހުން ހޯދަމުންދާ ދެމީހުންގެ ފޮޓޯ
ރާއްޖެއެމްވީ
ފުލުހުން ހޯދަމުންދާ ދެމީހުން
ފުލުހުން ބަލާ މައްސަލައަކާ ގުޅިގެން ފޮޓޯ އާންމުކޮށް ދެމީހަކު ހޯދަނީ!
މިދެ މީހުންގެ ހޯދަނީ ފުލުހުންގެ ސީރިއަސް އެންޑް އޮގްނައިޒް ކްރައިމް ޑިޕާޓްމަންޓުން ތަޙްޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން
މިހާރަކަށް އައިސް ފޭރުމުގެ މައްސަލަތަކުގެ އިތުރަށް މާރާމާރީގެ މައްސަލަތައްވެސް ވަނީ އާންމުވެފައި
އިއްޔަވެސް ފުލުހުން ވަނީ މީހަކު ހޯދުމަށް ވީޑިޔޯ އާންމުކޮށްފައި

ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ދެ މީހަކު ހޯދުމަށް އިއުލާނުކޮށްފި އެވެެ.

 

ފުލުހުން ވަނީ މިދެ މީހުންގެފޮޓޯ ވެސް އާންމުކޮށްފަ އެވެ. މި ދެ މީހުންނަކީ ފުލުހުންގެ ސީރިއަސް އެންޑް އޮގްނައިޒް ކްރައިމް ޑިޕާޓްމަންޓުން ތަޙްޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަމުންދާ ދެ މީހުން ކަމަށް ފުލުހުން ބުނެ އެވެ.

މި މީހުންނާއި ގުޅޭ އެއްވެސް މަޢުލޫމާތެއް އެނގޭނަމަ ސީރިއަސް އެންޑް އޮގަނައިޒް ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9911099 އަށް ގުޅުއްވައި ހިއްސާ ކުރުމަށް ފުލުހުންވަނީ އެދިފަ އެވެ.

 

ފުލުުހުން ދެމީހަކުގެ ފޮޓޯ އާންމުކޮށް، ހޯދުމަށް އިއުލާނުކޮށްފައިވާ އިރު، މިދުވަސްވަރަކީ ވައްކަމާއި ފޭރުމުގެ މައްސަލަތަކުގެ އިތުރަށް މާރާމާރީ ހިންގަމުންދާ ދުވަސްވަރެކެވެ.

އެގޮތުން އާދިއްތަ ދުވަހުވެސް ފުލުހުން ވަނީ ފޭރުމުގެ މައްސަލައަކާއި ގުޅިގެން ހޯދަމުންދާ މީހެއްގެ ވީޑިޔޯއެއް އާންމުކޮށްފަ އެވެ.

އެމީހާ ހޯދަމުންދަނީ ޖޫން 22 ވަނަ ދުވަހުގެ ވަގުތެއްގައި ދޮން އަނދަރާދު ހިނގުމާއި މިރިހިމަގު ގުޅުނު ކަންމަތިން ފޯނެއް ފޭރިގެންފައިވާ މައްސަލައަކާ ގުޅިގެންނެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
31 ޖުލައި 2017 | ހޯމަ 15:25
13
މިހާސާފް ވީޑިއޯއެއްނުދެކެން ދުވަހަކުވިސް