Advertisement
ކ. މާލެ
|
31 ޖުލައި 2017 | ހޯމަ 11:44
ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނު
ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނު
މުހައްމަދު ޝަރުހާން
ޕެޓިޝަން ކޮމިޓީ
ފާރިސް ހާޒިރު ނުކުރަނީސް ޕެޓިޝަން ކޮމިޓީގެ ޖަލްސާ އިތުރަށް ކުރިއަށް ނުގެންދަން ފާސްކޮށްފި
ފާރިސްގެ ޝަރީއަތް ދަނީ ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދަމުން

ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނު އެ ކޮމިޓީއަށް ހާޒިރު ނުކުރަނީސް  އެ ކޮމިޓީގެ މަސައްކަތް ކުރިއަށް ނުގެންދަން ފާސްކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

 

ރާއްޖެ ޓީވީގެ ލައިވް ކަވަރޭޖަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ޕެޓިޝަން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރު އަބްދުﷲ ޝާހިދު ވިދާޅުވީ  އެ ކޮމިޓީގައި ހިމެނިވަޑައިގަންވަނާ ފާރިސް މައުމޫނު އެކޮމިޓީއަށް ހާޒިރުކޮށްގެން ކޮމިޓީ ބައްދަލުވުން ކުރިޔަށް ގެންދިޔުމަށް އޭނާ ހުށަހެޅުއްވި ކަމަށާއި އެ ހުށަހެޅުމަށް މަތިވެރި ދާއިރާގެ މެންބަރު ހުސެން މުހައްމަދު ތާއިދު ކުރެއްވި ކަމަށެވެ.

 

އަދި އެކަމާއި އެއްވެސް މެމްބަރަކު ދެކޮޅު ހައްދަވާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

 

އެހެންކަމުން ޕެޓިޝަން ކޮމިޓީން ނިންމާފައިވަނީ ފާރިސް ހާޒިރު ކުރުމަށް ފަހުގައި ނޫނީ ޕެޓިޝަން ކޮމިޓީ ކުރިއަށް ނުގެންދިޔުމަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.  
 

އަދި މިކަން ރިޔާސަތަށް އަންގަން ވެސް ނިންމާފައިވާ  ކަމަށާއި ދެން އެ ކޮމިޓީ ބައްދަލުވުން ކުރިޔަށް ދާނީ ފާރިސް ހާޒިރު ކުރުމުން ކަމަށް ޝާހިދު ވިދާޅުވި އެވެ.
 އެއްވެސް މެމްބަރަކު ދެކޮޅު ހަދާފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

 

ޝާހިދު ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒުގެ ގާނޫނުގައިވެސް މަޖިލީހުގެ މެމްބަރެއްގެ މައްޗަށް ޝަރީއަތެއް ހިންގަމުންދާއިރު ވެސް މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުކޮށްދޭން ޖެހޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.


ފާރިސް ހާޒިރު ކުރުމަށް ކޮމިޓީން ނިންމާފައިވާ އިރު ޝަހުސު އޮޅުވާލުމުގެ މައްސަލާގައި އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާއާ ގުޅޭ ޝަރިއްޔަތެއް މިހާރު ކުރިޔަށް އެބަދެ އެވެ. ފާރިސް ހައްޔަރު ކުރީ އޭނާ މެންބަރުންނަށް ރިޝްވަތު ދެއްވި ކަމަށް ބުނާ މައްސަލައިގެ ތަހުގީގަށެވެ.  

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް