ކ. މާލެ
|
20 ޖެނުއަރީ 2024 | ހޮނިހިރު 18:56
ޔުގަޔުގަންޑާ ގާނޫނުހަދާ މަޖިލީހުގެ ނައިބު ރައީސް، ރިޓަޔާޑް އޮނަރަބަލް ތޯމަސް ތަޔެބްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އާ ބައްދަލުކުރައްވަނީ
ޔުގަޔުގަންޑާ ގާނޫނުހަދާ މަޖިލީހުގެ ނައިބު ރައީސް، ރިޓަޔާޑް އޮނަރަބަލް ތޯމަސް ތަޔެބްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އާ ބައްދަލުކުރައްވަނީ
ރައްޔިތުންގެ މަޖިލިސް
ޔުގަންޑާ ގާނޫނުހަދާ މަޖިލީހުގެ ނައިބު ރައީސް
އަސްލަމްގެ ދައުވަތަކަށް ޔުގަންޑާ ގާނޫނުހަދާ މަޖިލީހުގެ ނައިބު ރައީސް ރާއްޖޭގައި
ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ ޔުގަންޑާއަށް މިމަހުގެ 1 ވަނަ ދުވަހު ރަސްމީ ދަތުރުފުޅެއް ކުރައްވާފައި
ދެބޭފުޅުން ވަނީ ރައްޔިތުންގެ މަޖިލީހާއި ޔުގަންޑާގެ ގާނޫނު ހަދާ މަޖިލީހާ ދެމެދު ގުޅުން ބަދަހި ކުރުމާގުޅޭ ގޮތުން މަޝްވަރާކުރައްވާފައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްގެ ދައުވަތަކަށް ޔުގަންޑާ ގާނޫނުހަދާ މަޖިލީހުގެ ނައިބު ރައީސް، ރިޓަޔާޑް އޮނަރަބަލް ތޯމަސް ތަޔެބްވާ ރާއްޖެއަށް ވަޑައިގެންފިއެވެ.

ރިޓަޔާޑް އޮނަރަބަލް ތޯމަސް ތަޔެބްވާ ރާއްޖެ ވަޑައިގަތީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ރާއްޖެ ވަޑައިގެންނެވުމަށްފަހު ތޯމަސް ތަޔެބްވާ ވަނީ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމްއާ ބައްދަލުކުރައްވާފައެވެ. އަދި ދެބޭފުޅުން ވަނީ ރައްޔިތުންގެ މަޖިލީހާއި ޔުގަންޑާގެ ގާނޫނު ހަދާ މަޖިލީހާ ދެމެދު ގުޅުން ބަދަހި ކުރުމާގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ ޔުގަންޑާއަށް މިމަހުގެ 1 ވަނަ ދުވަހު ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.

ތޯމަސް ތަޔެބްވާ ވަނީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމްއާވެސް ބައްދަލުކުރެއްވާފައެވެ. އަދި މަޖިލީހުގެ އިދާރާގެ މަސައްކަތްތަކާއި ބެހޭގޮތުން މައުލޫމާތު އޮޅުންފިލުއްވައި މަޖިލިސްކުރާ ގެ ބައްލަވާލެއްވިއެވެ.

ތޯމަސް ތަޔެބްވާ ވަނީ ހޮނިހިރު ދުވަހުގެ ހަވީރު ޚާރިޖީ ވަޒީރު މޫސާ ޒަމީރުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއްކުރެއްވާފައެވެ.

- ކޮމެންޓް