ކ. މާލެ
|
20 ޖެނުއަރީ 2024 | ހޮނިހިރު 06:39
އިރާގުގެ އައިމަން ހުސައިން (8) އާއި އެހެން ކުޅުންތެރިން އުފާފާޅު ކުރަނީ
އިރާގުގެ އައިމަން ހުސައިން (8) އާއި އެހެން ކުޅުންތެރިން އުފާފާޅު ކުރަނީ
އޭއެފްސީ
އޭޝިއަން ކަޕް
42 އަހަރު ފަހުން އިރާގުން ޖަޕާން ބަލިކޮށްފި
ޖަޕާން ބަލިވީ އިރާގު އަތުން 2-1އިން

42 އަހަރު ފަހުން ފުރަތަމަ ފަހަރަށް އިރާގުން ޖަޕާން ބަލިކޮށްފި އެވެ.

ގަތަރުގައި މިހާރު ކުރިއަށްދާ އޭޝިއަން ކަޕުގައި އިރާގު މޮޅުވީ ފުރަތަމަ ހާފުގައި އައިމަން ހުސެއިން ޖެހި ދެ ގޯލާއެކު 2-1އިންނެވެ.

"މިއީ އިރާގު ރައްޔިތުންނަށް ވަރަށް އުފާވެރި ދުވަހެއް. އެކަމަކު އަހަރުމެން ކުޅުންތެރިންނަށް މިއީ ހަމަ މެޗަކުން މޮޅުވުން އެކަނި. އެކަމަކު ކުޅުންތެރިންނާމެދު އަހަރެން ފަހުރުވެރިވަން. އިރާގުގެ ކޮންމެ ކުޅުންތެރިއަކު ވެސް މި ނަތީޖާއާމެދު ފަހުރުވެރިވާނެ. އަހަރުމެން ކުޅެ ނިންމާލީ މޮޅު މެޗެއް،"
އިރާގުގެ ކޯޗު ޖެސޫސް ކަސަސް ބުންޏެވެ.

އޭނާ އަދި ބުނީ ދެ މެޗުން މޮޅުވެގެން ހަ ޕޮއިންޓް ލިބިފައިވާތީވެ ގްރޫޕުގެ ފަހު މެޗުގައި ބައެއް ކުޅުންތެރިން އަރާމުކޮށްފާނެ ކަމަށެވެ.

ޖަޕާނުގެ ކޯޗު މޮރިޔާސޫ ބުނީ މެޗު އުނދަގޫވާނެކަން ކުރިން ވެސް އެނގުނު ކަމަށާއި ނަމަވެސް އިރާގުން މެޗު ފެށިލެއް ވަރުގަދަ ކަމުންނާއި މެޗުގެ ފުރަތަމަ ދެ ގޯލު އިދިކޮޅުން ޖެހުމުން މެޗު ވަރަށް ބޮޑަށް އުނދަގޫވި ކަމަށެވެ.

"އަހަރުމެން ތައްޔާރުވީ އެހެން މެޗުތައް ފަދައިން. އެކަމަކު މި މެޗު އަހަރުމެންނަށް ހީކުރި ވަރަށްވުރެ އުނދަގޫވި. ހާއްސަކޮށް މެޗުގެ ކުރީކޮޅު ދެ ގޯލު ބައިކޮޅަށް ވަނުމުން. ހާއްސަކޮށް ދެ ވަނަ ގޯލާއެކު ޓީމަށް ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހުނު،"
ކޯޗު ބުންޏެވެ.
- ކޮމެންޓް