ކ. މާލެ
|
18 ޖެނުއަރީ 2024 | ބުރާސްފަތި 06:30
ކެނދިކުޅުދޫ ދާއިރާގެ މެމްބަރ އަހުމަދު އީސަ
ކެނދިކުޅުދޫ ދާއިރާގެ މެމްބަރ އަހުމަދު އީސަ
ރާއްޖެއެމްވީ
ގިނަ އަދަދެއްގެ ބަޔަކު ވަޒީފާއިން ވަކިކުރުން
ގަވާއިދާ ޚިލާފަށް ވަޒީފާއިން ވަކިކުރަމުންދާ ފަރާތްތަކުން ވަޒީފާއާ ބެހޭ ޓްރައިބިޔުނަލަށް މައްސަލަ ހުށަހެޅުމަށް އީސަ ގޮވާލައްވައިފި
ކޮންޓްރެކްޓް މުވައްޒަފުން ވަޒީފާއިން ވަކިކުރާއިރު އެމީހުން ވަކިކުރަމުންދަނީ އެމީހުން މަސައްކަތްކުރަން ނެގި މަޝްރޫޢު ނުނިމެނީސް

މިސަރުކާރުން ޤާނޫނާއި ގަވާއިދާ ޚިލާފަށް ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާއިރު އެފަރާތްތަކުން ވަޒީފާ އާ ބެހޭ ޓްރައިބިޔުނަލް އަށް މައްސަލަ ހުށަހެޅުމަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރ އަހުމަދު އީސާ ގޮވާލައްވައިފިއެވެ.

މިސަރުކާރުން ގިނަ އަދަދެއްގެ ބަޔަކު ވަޒީފާއިން ވަކިކުރަމުންދާ މައްސަލައާ ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އީސާ ވިދާޅުވީ ވަޒީފާ އާ ބެހޭ ޤާނޫނުގެ ދަށުން މުވައްޒަފުންގެ ގިނަ ހައްގުތަކެއް ހިމާޔަތްކޮށްދީފައިވާކަމަށެވެ. އެހެންކަމުން ގަވާއިދާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާނަމަ އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިޔުނަލް އަށް ހުށަހެޅުމަށް އީސަ އެދިވަޑައިގެންނެވިއެވެ.

އެކަންކުރުމަށް ކޮންމެހެން މާލެ އަންނަން ނުޖެހޭކަމަށާއި ވަކީލަކުވެސް ބޭނުންނުވާނެކަމަށް އީސަ ވިދާޅުވިއެވެ. އީސަ ވިދާޅުވީ މިސަރުކާރުން ގެންދަނީ ރިޔާސީ އިންތިޚާބުތެރޭގައި ވީ ވައުދާ ޚިލާފުވެ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ނުހައްގުން ވަކިކުރަމުންކަމަށެވެ.

އެގޮތުން ފެނަކައިގެ ގިނަ އަދަދެއްގެ ކޮންޓްރެކްޓް މުވައްޒަފުން ވަޒީފާއިން ވަކިކުރާއިރު އެމީހުން ވަކިކުރަމުންދަނީ އެމީހުން ނެގި މަޝްރޫޢު ނުވެސް ނިމެނިކޮށްކަމަށެވެ. ކޮންޓްރެކްޓަށް މުވައްޒަފު ނެގި މަޝްރޫޢު ކުރިޔަށްދަނިކޮށް މުވައްޒަފުން ވަކިކުރަމުންދާކަމަށާއި އެފަދަ ހާލަތްތަކުގައި މުވައްޒަފު ވަކިކުރެވޭނެ އެއްވެސް ގާނޫނީ ހުއްޖަތެއް ނުދެއްކޭނެކަމަށެވެ.

މިހެން މިކަން ހިނގާދިޔުމަކީ މުވައްޒަފަށް ލިބޭ ވަރަށް ބޮޑު ނިކަމަތިކަމެއްކަމަށް އީސަ ވިދާޅުވިއެވެ. އަދި މިއީ ސިޔާސީ މަގްސަދެއްގައި ކުރަމުންދާކަމެއްކަމަށްވެސް އީސަ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް