ކ. މާލެ
|
3 ޑިސެންބަރ 2024 | އަންގާރަ 14:51
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަނީ (ފައިލް ފޮޓޯ)
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަނީ (ފައިލް ފޮޓޯ)
މަޖިލިސް
ފެނަކަ މުސާރަ ލަސްވުން
ފެނަކަ މުވައްޒަފުންގެ މުސާރަ ލަސްވުމުގެ ޒިންމާ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާއި ބޯޑުން ނަގަން ޖެހޭނެ: މިނިސްޓަރ ޒަމީރު
ޒަމީރު ވިދާޅުވީ ފެނަކަ ސަރުކާރުގެ ޑިޕާޓްމެންޓަކަށް ހަދާފަ، ސިވިލްސަރވިސްގަ މުސާރަ ދޭގޮތަށް ދިނުން މާ ރަނގަޅު ކަމަށް

ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންގެ މުސާރަ ލަސްވުމުގެ ޒިންމާ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާއި، ޑިރެކްޓަރުންގެ ބޯޑުންވެސް ނަންގަވަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަފޫރު މޫސާ، ފެނަކައިގެ މުވައްޒަފުންނަށް މުސާރަ ދިނުން ލަސްވެފައިވާތީ އެކަމާ ގުޅޭ ގޮތުން މިނިސްޓަރާ ސުވާލު ކުރެއްވުމުންނެވެ.

މެމްބަރު ޣަފޫރު ފާހަގަ ކުރެއްވީ، ފެނަކައިގެ މުވައްޒަފުންނަށް މުސާރަ ދިނުން ލަސްވެފައިވަނީ ފިނޭންސުން ދޭން ޖެހޭ ޕޭމަންޓު ހަމަ ނުޖެހޭތީ ކަމަށް ފެނަކައިން ބުނެފައިވާތީ އެކަން ސާފުކުރައްވަން ބޭނުންވާ ކަމަށެވެ.

ޣަފޫރުގެ ސުވާލަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރ ޒަމީރު ވިދާޅުވީ، އެ މިނިސްޓްރީން ފެނަކައަށް ޓްރާންސްފަރ ކޮށްދޭ އަދަދު ހުންނާނީ ކޮށްފައި ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ފެނަކައަކީ އާމްދަނީ ލިބޭ ކުންފުންޏެއް ކަމަށާއި، އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑާ މެނޭޖިންގ ޑިރެކްޓަރުން ވެސް ނަންގަވަންޖެހޭ ޒިންމާތަކެއް ހުންނާނެ ކަމަށެވެ.

"އެހެންވެއްޖިއްޔާ ކީއްކުރަންތޯ ކޮންމެހެން ކުންފުންޏެއް ހަދައިގެން އެތަންތަން ހިންގަނީ. އެއަށްވުރެ މާރަނގަޅުވާނެތާ ސަރުކާރުގެ ޑިޕާޓްމެންޓަކަށް ހަދާފަ، އޭރަށް އަޅުގަނޑުމެންނަށް ސިވިލް ސަރވިސްގަ މިދޭ ގޮތަށް ސެލަރީ ދެވޭނެ ނޫންތޯ؟" ކުންފުންޏެއް ހަދައިގެން އެތާގެ އެކައުންޓަށް ޖަމާކުރާއިރު ކޮންމެ ފަހަރަކު ސަރުކާރުން އެ ފައިސާ ޖަމާކުރާއިރު" ހަރުކަށި ގޮތަކަށް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.

ނަމަވެސް ޒަމީރު ވިދާޅުވީ، އެނގިފައިވާ ގޮތުގަައި ފެނަކައިގެ މުސާރަ ހުރީ ރޯލްއައުޓް ކުރަމުން ގެންގޮސްފައި ކަމަށެވެ. އަދި އެއްވެސް ބަޔަކަށް މުސާރަ ނުދެވި ނުހުންނާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.

- ކޮމެންޓް
3 ޑިސެންބަރ 2024 | އަންގާރަ 22:19
އޭބީ
މިނިސްޓަރ ޒަމީރު އެވިދާޅުވީ ވަރައް ރަނގަޅުު ވާހަކަފޅެއް.