ކ. މާލެ
|
17 ޖެނުއަރީ 2024 | ބުދަ 16:43
ބޭރުމަގުގައި ހުރި ޕަމްޕް ސްޓޭޝަން ބަދަލުކުރުމަށް އެމްޓީސީސީއާއި ވަނީ ހަވާލުކޮށްފައި
ބޭރުމަގުގައި ހުރި ޕަމްޕް ސްޓޭޝަން ބަދަލުކުރުމަށް އެމްޓީސީސީއާއި ވަނީ ހަވާލުކޮށްފައި
ސްޓެލްކޯ
ސްޓެލްކޯ ފިއުލް ޕަމްޕް
ސްޓެލްކޯ ފިއުލް ޕަމްޕް ސްޓޭޝަން ބަދަލުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
 
ޕަމްޕް ސްޓޭޝަން ބަދަލުކުރަނީ 7.14 މިލިއަން ރުފިޔާއަށް
 
އީއައިއޭ ނިމޭތާ 60 ދުވަހުގެ ތެރޭގައި މަސައްކަތް ނިމޭނެ

ބޮޑުތަކުރުފާނު މަގަށް ބައެއް ވާގޮތައް ބެހެއްޓިފައި ހުރި ސްޓެލްކޯ ފިއުލް ޕަމްޕް ސްޓޭޝަން އެތަނުން ނަގައި، ބަދަލުކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސްޓެލްކޯއާއެކު އެމްޓީސީސީއިން ސޮއިކޮށްފިއެވެ.

މި މަޝްރޫއު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، ޗީފް އެގްޒެކެޓިވް އޮފިސަރު އަބްދުﷲ ޒިޔާދެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީއެވެ.

ސްޓެލްކޯއިން ފާހަގަކުރާގޮތުގައި ފިއުލް ޕަމްޕް ސްޓޭޝަން ބަދަލުކުރުމަށް ނިންމާފައިވަނީ، ވަރަށް ގިނަ ރައްޔިތުން އެކަން އެގޮތަށް ކޮށްދިނުމަށް އެދިފައިވުމުންނެވެ. މި މަޝްރޫއުގެ ދަށުން، މިހާރު ހުރި ހާބަރ ބޭސިން ތަޅާލުމާއި، 29 މީޓަރުގެ އެއްގަމުތޮށި ލުމާއި، 103 އަކަމީޓަރުގެ ސަރަހައްދެއްގެ ބެކްފިލިންގ ކުރުމާއި، 50.44 އަކަމީޓަރުގެ ޕޭވިންގ މަސައްކަތާއި، 2 މޫރިންގ ބޮލާރޑްސް ހަރުކުރުމާއި، އައު ޕަމްޕް ސްޓޭޝަން އިމާރާތްކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމެންޓެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއަކީ 7.14 މިލިއަން ރުފިޔާއަށް، 90 ދުވަހުގެތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ، ޕަމްޕް ސްޓޭޝަން ނެގުމަށް ނިންމީ ރައީސް ވިދާޅުވުމާ ގުޅިގެން ކަމަށާއި، އެތަނުން ފަޅުތެރޭން ބައެއް ހިއްކައި، ޕަމްޕް ސްޓޭޝަން ބަދަލުކުރުމަށް ނިންމާފައިވާކަމަށެވެ.

ފަހުމީ ވިދާޅުވީ ޕަމްޕް ސްޓޭޝަން ބަދަލުވުމާއެކު، ލިބިފައިހުރި ބޮޑެތި ހުރިހާ ޝަކުވާތަކަށް ހައްލު ލިބޭނެކަމަށެވެ. އަދި ޕަމްޕް ސްޓޭޝަން ބަދަލުރުމަށް މަސައްކަތްކުރަނީ ބަޖެޓުން 7.1 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކަމަށާއި، އީއައިއޭ ނިމޭތާ ދެމަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް