ކ. މާލެ
|
14 ޖެނުއަރީ 2024 | އާދީއްތަ 18:32
އައިކެއަރ އޮޕްޓިކަލްސް
އައިކެއަރ އޮޕްޓިކަލްސް
އައިކެއަރ އޮޕްޓިކަލްސް
އައިކެއަރ އޮޕްޓިކަލްސް
އައިކެއަރއިން، އައިއެސްއޯގެ ޑުއަލް ސެޓިފިކޭޝަން ހާސިލްކޮށް، މަސައްކަތުގެ ކޮލިޓީ އިތުރު ހަރުފަތަކަށް
 
އެއާއެކު ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ، ކަސްޓަމަރުންގެ ސަލާމަތީ ރައްކާތެރިކަން ކަށަވަރުވާނެ ކަމަށް އެ ކުންފުނިން ބުނޭ

ލޮލުގެ ފަރުވާގައި ރާއްޖޭގައި އެންމެ ކުރީގައި އުޅޭ އައިކެއަރ އޮޕްޓިކަލްސްއިން، އައިއެސްއޯ 9001 އަދި 45001 ސެޓްފިކޭޝަން ހޯދައި، ކޮލިޓީއާއި މަސައްކަތު މާހައުލުގެ ސަލާމަތްތެރިކަން އައު ހަރުފަތަކަށް އުފުލާލައިފިއެވެ.

އައިއެސްއޯ 9001އަކީ 'ކޮލިޓީ މެނޭޖްމަންޓް'ގެ ބައިނަލްއަގުވާމީ ސްޓޭންޑަޑެވެ. އަދި އައިއެސްއޯ 45001އަކީ 'އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ މެނޭޖްމަންޓް ސިސްޓަމް'ގެ ބައިނަލްއަގުވާމީ ސްޓޭންޑަޑެވެ.

އެކަމުގެ މައުލޫމާތު ދެމުން އައިކެއަރއިން ބުނީ، އެ ސެޓިފިކޭޝަންތަކާއެކު، ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ، މަސައްކަތުގައި އުޅޭ މުވައްޒަފުންނާއި ކަސްޓަމަރުންގެ ސަލާމަތީ ރައްކާތެރިކަން ވެސް ކަށަވަރުވާނެ ކަމަށެވެ.

އެގޮތުން، އެކުންފުނިން ޑުއަލް އައިއެސްއޯ ސެޓްފިކޭޝަން ހޯދުމަކީ ލޮލުގެ ފަރުވާގެ ސިނާއަތުގައި ކުރިއަރާފައިވާ ކުންފުންޏެއްގެ ގޮތުގައި އައިކެއަރގެ މަގާމު ވަރުގަދަކޮށް، ފެންވަރާއި ރައްކާތެރިކަމަށް އައު ބެންޗްމާކްތަކެއް ކަނޑައަޅާކަމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

އައިކެއަރއިން އަބަދުވެސް ދަނީ މުޖުތަމައުގެ ސިއްހަތާއި ދުޅަހެޔޮކަން އިތުރުކުރުމަށް އެންމެ ރަނގަޅު އަދި ޒަމާނީ ވަސީލަތްތައް ތައާރަފްކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް