ކ. މާލެ
|
30 އޭޕްރިލް 2024 | އަންގާރަ 19:42
އައިކެއަރ އިން ސްކޫލް ބަންދަށް ޚާއްސަ ޕްރޮމޯޝަނެއް ފެށުމަށް ވަނީ ނިންމާފައި
އައިކެއަރ އިން ސްކޫލް ބަންދަށް ޚާއްސަ ޕްރޮމޯޝަނެއް ފެށުމަށް ވަނީ ނިންމާފައި
އައިކެއަރ އޮޕްޓިކަލްސް
އައިކެއަރ ޕްރޮމޯ
ސްކޫލް ޗުއްޓީއަށް އައިކެއަރއިން ޚާއްސަ ޕްރޮމޯޝަނެއް
ޕްރޮމޯޝަން ކުރިއަށްދާނީ މޭ 1ން ފެށިގެން މޭ 31ގެ ނިޔަލަށް
 2000 އަށްވުރެ މަތީގެ ވިޔަފާރިއެއް ކޮށްގެން، ލަކީޑުރޯގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ
ފްރޭމް އަދި އަވިއައިނުން 30 އިންސައްތަ އާއި ހަމަޔަށް ޑިސްކައުންޓް ލިބޭނެ

ސްކޫލް ޗުއްޓީއަށް އައިކެއަރއިން ޚާއްސަ ޕްރޮމޯޝަނެއް ފެށުމަށް ނިންމައިފިއެވެ.

އައިކެއަރއިން ބުނީ މި ޕްރޮމޯޝަންގައި ފްރޭމް އަދި އަވިއައިނުން 30 އިންސައްތަ އާއި ހަމަޔަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ. އަދި މި މުއްދަތުގައި 2000 އަށްވުރެ މަތީގެ ވިޔަފާރިއެއް ކޮށްގެން، ލަކީޑުރޯގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އައިކެއަރއިން ބުނީ ލަކީޑުރޯއިން ހޮވޭ ފަރާތަކަށް ފިޔަވަޅު ރިސޯޓް މޯލްޑިވްސްއިން ދެ ބޭފުޅަކަށް ދަތުރެއް ލިބޭގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

މޭ 1ން ފެށިގެން މޭ 31ގެ ނިޔަލަށް ކުރިޔަށްދާ މި ޕްމޯޝަން، ފުވައްމުލަކާއި އައްޑޫ ސިޓީ ހިމެނޭހެން އައިކެއަރ އޮޕްޓިކަލްސްގެ ހުރިހާ ފިހާރައެއްގައި ކުރިއަށްދާނެއެވެ.

އިތުރު މައުލޫމާތު އައިކެއަރގެ ހޮޓްލައިން، 3321026 އަށް ގުޅައިގެން ލިބޭނެކަމަށް އެފަރާތުން ބުނެފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް