ކ. މާލެ
|
17 އޮކްޓޯބަރ 2024 | ބުރާސްފަތި 13:07
ދުނިޔޭގެ ލޮލުގެ ފެނުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އައިކެއާއިން ކެމްޕޭނެއް ބާއްވަން ނިންމައިފި
ދުނިޔޭގެ ލޮލުގެ ފެނުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އައިކެއާއިން ކެމްޕޭނެއް ބާއްވަން ނިންމައިފި
އައިކެއަރ އޮޕްޓިކަލްސް
އައިކެއަރއިން ހާއްސަ އިވެންޓެއް
ދުނިޔޭގެ ލޮލުގެ ފެނުމުގެ ދުވަސް ފާހަގަ ކުރުމަށް އައިކެއަރއިން ހާއްސަ އިވެންޓެއް ބާއްވަނީ!
ލަވްޔޯއައިޒް"ގެ ނަމުގައި ބާއްވާ މިހަރަކާތް އޮންނާނީ އޮކްޓޯބަރ 18، ވާ ހުކުރު ދުވަހުގެ ހަވީރު އާޓިފިޝަލް ބީޗުގައި
މި އަހަރުގެ ޝިއާރަކީ ކުޑަކުދިންނަށް ލޮލުގެ މުހިއްމުކަން އަންގައިދިނުން

ދުނިޔޭގެ ލޮލުގެ ފެނުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އައިކެއަރއިން ހާއްސަ އިވެންޓެއް ބާއްވަން ނިންމައިފިއެވެ.

"ލަވްޔޯއައިޒް"ގެ ނަމުގައި ބާއްވާ މިހަރަކާތް އޮންނާނީ އޮކްޓޯބަރ 18، ވާ ހުކުރު ދުވަހުގެ ހަވީރު އާޓިފިޝަލް ބީޗުގައި ކަމަށް އައިކެއަރ އިން ބުނެއެވެ. ދުނިޔޭގެ ލޮލުގެ ފެނުމުގެ ދުވަހަކީ ލޮލުގެ ސިއްހަތާއި މެދު މީހުން ހޭލުންތެރިކުރުމަށް ބައިނަލަގްވާމީ ފެންވަރުގައި ކޮންމެ އަހަރަކު ފާހަގަ ކުރާ ދުވަހެކެވެ.

އައިކެއަރ އިން ބުނީ މިއިވެންޓުގައި ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އާއްމުންނަށް މައުލޫމާތު ދިނުމާއި، ޑޮކްޓަރުންނާއި ސުވާލު ކުރުމުގެ އިތުރުން ލޯ ޗެކުކުރުން ހިމެނެއެވެ. އަދި ޑައިބެޓިކްސް ސޮސައިޓީ އޮފް މޯލްޑިވްސްގެ ފަރާތުން އާއްމު ސިއްހަތުގެ ސްކްރީނިންގވެސް ކުރިއައްދާނެއެވެ. އަދި މި އިވެންޓުގައި ބައިވެރިވާ ފަރާތްތަކަށް ޑިސްކައުންޓް ވައުޗަރއެއް ލިބިގެންދާނެ ކަމަށް ވެސް އައިކެއަރ އިން ބުނެއެވެ.

މިއިވެންޓުގައި އިސްރަށްވެހިންގެ ނާދީއިންވެސް ބައިވެރިވުމަށް ހަމަޖެހިފައިވާއިރު، މި ސްޓޯލުން އިސްރަށްވެހިންގެ ނާދީއިން ކުރިއަށް ގެންދާ ހަރަކާތްތަކާއި އެޖަމިއްޔާގެ މައުލޫމާތު ލިބިގެންދާއިރު ރަޖިސްޓަރ ކުރަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓަރ ކުރުމުގެ ފުރުސަތު ވެސް ލިބޭނެއެވެ.

މި އަހަރުގެ ޝިއާރަކީ ކުޑަކުދިންނަށް ލޮލުގެ މުހިއްމުކަން އަންގައިދިނުމެވެ. އެގޮތުން މިއިވެންޓުގައި ކުޑަކުދިންނަށް ހާއްސަ ކުރެވިގެން އެކި ހަރަކާތްތައް ކުރިއަށް ދާނެއެވެ. އެގޮތުން ފޭސް ޕެއިންޓިން، ކުލަޖެއްސުން ފަދަ މުނިފޫހިފިލުވުމުގެ ހަރަކާތްތައްވެސް ހިމެނިގެންދާނެއެވެ.  

ލަވްޔޯއައިޒް ކެމްޕެއިނާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް 3321026 އަށް ގުޅާލުމުން މައުލޫމާތު ލިބިގެންދާނެ ކަމަށް އައިކެއަރ އިން ބުނެ އެވެ.


Advertisement
- ކޮމެންޓް