Advertisement
ކ. މާލެ
|
12 ޖެނުއަރީ 2024 | ހުކުރު 15:07
ރައީސްގެ ދެކަނބަލުން ބޮޑު ފާރު ހުރި ސަރަަހައްދަށް ޒިޔާރަތްކުރެއްވުން
ރައީސްގެ ދެކަނބަލުން ބޮޑު ފާރު ހުރި ސަރަަހައްދަށް ޒިޔާރަތްކުރެއްވުން
ރައީސް އޮފީސް
ރާއްޖެ - ޗައިނާ
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާގެ ބޮޑުފާރު ހިމެނޭ ސަރަޙައްދަށް ޒިޔާރަތްކުރައްވައިފި
އެ ދެބޭފުޅުންވެސް ވަނީ އެ ސަރަހައްދަށް ދާ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފަ
ޗައިނާގެ ބޮޑު ފާރުގެ ދިގުމިނުގައި 21000 ކިލޯމީޓަރު ހުރޭ
ރައީސްގެ ދެކަނބަލުން ވަނީ ޗައިނާގެ ނަންހުރި ޙަޟާރަތަށް އެ ދެ ބޭފުޅުން ވަނީ ތައުރީފްކުރައްވާފަ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޗައިނާގެ ބޮޑުފާރު ހިމެނޭ ސަރަޙައްދަށް ޒިޔާރަތްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އެ ސަރަޙައްދަށް ކުރެއްވި ޒިޔާރަތުގައި އެ ދެބޭފުޅުންވެސް ވަނީ އެ ސަރަހައްދަށް ދާ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. މެހުމާނުން ސޮއިކުރައްވާ ފޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ލިޔުއްވި ހަނދާނީ މެސެޖުގައި ވިދާޅުވެފައި ވަނީ ޗައިނާގެ މި ބިނާއަކީ ހިތްވަރާ ކާމިޔާބީއާ އެކުވެރިކަމުގެ ތާރީޚީ ރަމްޒެއްކަމުގައެވެ. އަދި ޗައިނާގެ ނަންހުރި ޙަޟާރަތަށް އެ ދެ ބޭފުޅުން ވަނީ ތައުރީފްކުރައްވާފައެވެ.

ޗައިނާގެ ބޮޑުފާރަކީ ތާރީޚީ ގޮތުންނާއި، ސަގާފީ ގޮތުންނާއި، އެތަނުން ދައްކުވައިދޭ ނަމޫނާ މަސައްކަތްތެރިކަމުގެ ސަބަބުން ޔުނެސްކޯގެ ހެރިޓޭޖް ސައިޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބިނާއެކެވެ. އެ ފާރުގެ ދިގުމިނުގައި 21000 ކިލޯމީޓަރު އެބަހުއްޓެވެ.

Advertisement

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. އަދި މި ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް