Advertisement
ކ. މާލެ
|
11 ޖެނުއަރީ 2024 | ބުރާސްފަތި 08:19
ބޫޓާންގެ ބޮޑުވަޒީރު ޝެރިންގ ތޮބްގޭ
ބޫޓާންގެ ބޮޑުވަޒީރު ޝެރިންގ ތޮބްގޭ
ރައީސް އޮފީސް
ރާއްޖެ - ބޫޓާން
ބޫޓާންގެ އައު ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި
ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ރައީސް ވިދާޅުވި
ދެ ގައުމުގެ ގުޅުމަށް ރައީސް އަލިއަޅުވާލެއްވި

ބޫޓާންގެ ބޮޑުވަޒީރުގެ މަގާމަށް ޝެރިންގ ތޮބްގޭ އިންތިޚާބުވެވަޑައިގަތުމާއި ގުޅިގެން އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ބޫޓާންގެ ބޮޑުވަޒީރުގެ އައު ޒައާމަތުގައި، ބޫޓާން ތަރައްޤީގެ އައު އުސްމިންތަކަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެކަމުގެ ޔަޤީންކަން އޮތްކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އައު ދައުރުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމަށް ބޫޓާންގެ ބޮޑުވަޒީރާއެކު ގާތުން މަސައްކަތްކުރުމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

Advertisement

އެ މެސެޖުގައި ދެ ޤައުމުގެ ދެމެދު އޮންނަ އެކުވެރިކަމުގެ ޒަމާންވީ ގުޅުމަކީ އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކުރުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި ކުރިއަށްއޮތް ދުވަސްތަކުގައި މި ގާތް ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ވެސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް