ކ. މާލެ
|
9 ޖެނުއަރީ 2024 | އަންގާރަ 14:19
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ރާއްޖެއެމްވީ
ޖަލު އޮފިސަރުން
ސިވިލް މުވައްޒަފުންނާއި އިދާރީ މަސައްކަތްކުރާ ޖަލު އޮފިސަރުންގެ މަސައްކަތު ވަގުތު ކުޑަކޮށްފި
ޖަލު އޮފިސަރަކު މަދުވެގެން ހަފުތާއަކު 48 ގަޑިއިރު މަސައްކަތް ކުރަންޖެހޭ
މަސައްކަތު ވަގުތާއި މަސައްކަތް ކުރަންޖެހޭ ދުވަސްތައް ކަނޑައެޅުމާއި ބަދަލުކުރުމުގެ އިޚްތިޔާރު ސީޕީއަށް ލިބިގެންވޭ

ކަރެކްޝަނަލް ސަރވިސްގެ ދަށުން މަސައްކަތް ކުރާ މުވައްޒަފުންނާއި އިދާރީ މަސައްކަތްކުރާ ޖަލު އޮފިސަރުންގެ މަސައްކަތު ވަގުތު ކުޑަކޮށްފިއެވެ.

ޤަވާއިދުގައި ކުރިން އޮންނަނީ ކޮންމެ ޖަލު އޮފިސަރަކު މަދުވެގެން ހަފުތާއަކު 48 ގަޑިއިރު މަސައްކަތް ކުރަން ވާނެ ކަމަށާއި، މުވައްޒަފުން މަދުވެގެން ހަފުތާއަކު 35 ގަޑިއިރު މަސައްކަތް ކުރަން ވާނެ ކަމަށެވެ.

ޤަވާއިދަށް މިހާރު ގެނައި އިސްލާޙުގައި ވަނީ މުވައްޒަފުންނާއި އިދާރީ މަސައްކަތްކުރާ ޖަލު އޮފިސަރުންގެ މަސައްކަތު ވަގުތު ކުޑަކޮށްފައެވެ. އެގޮތުން އަލަށް ގެނައި އިސްލާޙުގައި ބުނަނީ މުވައްޒަފުންނާއި (ނޮން ޔުނިފޯމް ސިވިލް މުވައްޒަފުން) އިދާރީ މަސައްކަތްކުރާ އޮފިސަރުން މަދުވެގެން ހަފުތާއަކު 35 ގަޑިއިރު މަސައްކަތް ކުރަން ވާނެކަމަށެވެ.

އެހެންނަމަވެސް ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރާ ޖަލު އޮފިސަރުން ކުރިންވެސް އޮންނަ އުސޫލުން މަދުވެގެން ހަފުތާއަކު 48 ގަޑިއިރު މަސައްކަތް ކުރަންޖެހޭކަމަށް ކަރެކްޝަންސްއިން މައުލޫމާތުދެއެވެ.

މިގޮތަށް ކަނޑައަޅައިފައި ވިޔަސް މަސައްކަތު ވަގުތާއި މަސައްކަތް ކުރަންޖެހޭ ދުވަސްތައް ކަނޑައެޅުމާއި ބަދަލުކުރުމުގެ އިޚްތިޔާރު ކޮމިޝަނަރ އޮފް ޕްރިޜަންސްއަށް ލިބިގެންވާކަމަށް ޤަވާއިދުގައި އޮވެއެވެ.

ރަސްމީ ގަޑި ވަކި ގޮތަކަށް ހަމަޖައްސާފައި ވީނަމަވެސް އެ ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ނިންމަންޖެހޭ މަސައްކަތްތައް ނުނިމި ހުރެއްޖެނަމ،ަ އެމަސައްކަތްތައް ނިންމުމަށްޓަކައ،ި އެޑިޕާޓްމަންޓުގެ ވެރިއަކު ނުވަތަ ސުޕަވައިޒަރެއްގެ ގޮތުން މަސައްކަތްކުރާ ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު އަންގާ ގޮތެއްގެ މަތިން ނުރަސްމީ ގަޑީގައި ނިކުމ،ެ މަސައްކަތް ކުރަން ޖެހެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް