ކ. މާލެ
|
9 ޖެނުއަރީ 2024 | އަންގާރަ 08:06
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ
އަލް ޖަޒީރާ
ޝައިޚް ހަސީނާ އިތުރު ދައުރަކަށް
ރައީސް، ޝައިޚް ހަސީނާއަށް ތަހުނިޔާ ފޮނުއްވައިފި
 
ދެ ޤައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، އޭގެ ފައިދާ ދެ ޤައުމަށް ކުރާނެކަމަށް ވިދާޅުވި

ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ މަގާމަށް ޝައިޚް ޙަސީނާ އައު ދައުރަކަށް އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން އެ ކަމަނާއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ޝައިޚް ޙަސީނާގެ ވެރިކަމުގައި ބަންގްލަދޭޝްގެ ރައްޔިތުންނަށް ދެއްވަމުން ގެންދަވާ އަހަންމިއްޔަތު ފާހަގަކުރައްވައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވާފައިވެއެވެ.

މި މެސެޖުގައި، ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެ ޤައުމަކީ ގާތް އަވަށްޓެރި ދެ ޤައުމު ކަމަށާއި، ދެ ޤައުމުގެ ދެމެދު އޮންނަ އެކުވެރިކަމުގެ ޒަމާންވީ ގުޅުމަކީ އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކުރުމާއި، ދެފަރާތުން އިސްކަންދޭ ކަންކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ ވެރިކަމުގެ ޒަޢާމަތުގައި ދެޤައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، އޭގެ ފައިދާ ދެ ޤައުމަށާއި ދެ ޤައުމުގެ ރައްޔިތުންނަށް ލިބިގެންދާނެކަން ފާހަގަކުރައްވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް