ކ. މާލެ
|
6 ޖެނުއަރީ 2024 | ހޮނިހިރު 07:38
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް، ޔޫގެންޑާގައި
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް، ޔޫގެންޑާގައި
ރާއްޖެ - ޔޫގެންޑާ
މަޖިލީހުގެ ރައީސް، ޔޫގެންޑާގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
 
އެ ކޮންފަރެންސުގެ ބައިވެރިންނަށް ޚާއްސަކޮށްގެން ބޭއްވި ޑިނަރ ނައިޓެއްގައިވެސް އަސްލަމް ބައިވެރިވެވަޑައިގަތް
 
އަސްލަމް ޔޫގެންޑާއަށް ވަޑައިގަތީ މިދިޔަ ހޯމަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް، ޔޫގެންޑާގެ މަޖިލީހުގެ ރައީސް އަނީތާ އަމޮންގްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

އަންގާރަ ދުވަހު އެ ޒިޔާރަތްކުރައްވާފައި ވަނީ، މިހާރު އެމަނިކުފާނު ޔޫގެންޑާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އަސްލަމް ޔޫގެންޑާއަށް ވަޑައިގަތީ މިދިޔަ ހޯމަ ދުވަހުއެވެ. އަސްލަމް ޔޫގެންޑާއަށް ވަޑައިގެންފައިވަނީ ކޮމަންވެލްތުގައި ހިމެނޭ، ގާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި އޮފިސަރުންގެ 27 ވަނަ ކޮންފަރެންސުގައި ބައިވެރިވެވަޑައިގަތުމަށެވެ.

އަސްލަމް ވަނީ އެ ކޮންފަރެންސުގެ ޕްލިނަރީ ސެޝަންގައި ބައިވެރިވެވަޑައިގެންފައެވެ. އަދި އެ ކޮންފަރެންސުގެ ބައިވެރިންނަށް ޚާއްސަކޮށްގެން ބޭއްވި ޑިނަރ ނައިޓެއްގައިވެސް ބައިވެރިވެވަޑައިގަތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޗައިނާގެ ވައިސް ޗެއަރމަން އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ޔުނާން ޕްރޮވިންޝިއަލް ޕީޕަލްސް ކޮންގްރެސް، މަޖިލީހުގެ ރައީސާއި ބައްދަލުކުރައްވައިފި
އެމްޑީޕީއަށް ނިސްބަތްވާ ރިޔާސަތުން މަޖިލީހުގެ މައިނޯރިޓީއަށް އިހްތިރާމްކުރެއްވުމުގައި ދެއްކެވީ ނަމޫނާއެއް - ޝާހިދު
މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި
އައު މަޖިލިސް ހުވާކުރުން މެއި 28ގައި
ރައީސް ޔާމީންގެ ޝަރީއަތް ލަސްވާ ސަބަބު ބަލައިދިނުމަށް ޖޭއެސްސީއަށް ހުށަހަޅާނަން - އަސްލަމް
އެމްޑީޕީ މެޖޯރިޓީ އޮވެ ރައީސް މުއިއްޒަށް މަޖިލީހުން އެއްބާރުލުން ނުދިނީ ކޮންކަމެއްގައިތޯ :އަސްލަމް
މިއަދު ފެންނަނީ ފެހި ޤާނޫނު އަސާސީން ލިބިދިން ހައްގުތައް ކަށަވަރުކުރަން އިތުރު އެތައް މަސައްކަތެއް ކުރަން ޖެހިފައިވާތަން - އަސްލަމް
ރާއްޖެއިން ކްލައިމެޓް ރެފިއުޖީންނަށް ވާކަށް ބޭނުމެއް ނޫން، ރާއްޖޭގެ ހަމަޖެހުމާއި ތިމާވެށީގެ ރައްކާތެރިކަމާއި ވަނީ ގުޅިފައި - އަސްލަމް