ކ. މާލެ
|
2 ޖެނުއަރީ 2024 | އަންގާރަ 21:45
މާލޭގައި މިހާރު ހުރި ވަޤުފު ބިލްޑިންގ
މާލޭގައި މިހާރު ހުރި ވަޤުފު ބިލްޑިންގ
ސަން އޮންލައިން
ވަޤުފު ބިލްޑިންގ
ވަޤުފު އިމާރާތެއް އެޅުމަށް މާލެއިން އައު ބިމެއް ހަމަޖައްސައިފި
މިގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ހުށަހެޅި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު

ވަޤުފު އިމާރާތެއް އެޅުމަށް މާލެއިން އިތުރު ބިމެއް ހަމަޖައްސަވަން، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ހުށަހެޅި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހުއެވެ.

ރާއްޖޭގައި ވަޤުފުތައް އިތުރުކޮށް، ލިބޭ އާމްދަނީން ދީނީ ކަންކަމަށް ކުރެވޭ ހޭދަ އިތުރުކުރުމަށް ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒުކުރުމުގެ ގޮތުން، ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ނިންމަވާފައި ވަނީ ވަޤުފު އިމާރާތެއް އެޅުމަށް މާލެއިން އެކަށީގެންވާ ބިމެއް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒާއި މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ގުޅިގެން، ގިނަވެގެން ހަފުތާއެއްގެ ތެރޭގައި ހަމަޖެއްސުމަށެވެ.

- ކޮމެންޓް